އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ނިންމަން މުޅި ރާއްޖޭގައި ހަރަކާތެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.

ރައީސް ސާލިޙުގެ ކެމްޕެއިން ޓީމުން މައުލޫމާތުދޭގޮތުގައި އެމަނިކުފާނުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން މާދަމާ ހަވީރު 4:30 ގައި މުޅި ރާއްޖޭގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ހަރަކާތް މާލެ ސަރަހައްދުގައި އޮންނާނީ ހުޅުމާލެ ރުއްގަނޑު -1 ސަރަހައްދުގައި ކަމަށް ކެމްޕޭން ޓީމުން ބުނެއެވެ.

ރައީސްގެ ކެމްޕޭން ޓީމުން ބުނިގޮތުގައި ރަށްތަކުގައި މި ހަރަކާތް ކުރިއަށް ގެންދާނީ އެ ރަށެއްގެ އެމްޑީޕީގެ ޖަގަހަތަކުގަ އެވެ.

މާލޭގައި ބާއްވާ ހަރަކާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.ވރައީސްގެ ކެމްޕެއިން ނިންމަން ބާއްވާ ބޮޑު ޖަލްސާ މިރޭ އައްޑޫ ސިޓީ، ހިތަދޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން