"ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ލިސްޓް އަންނަ މާރިޗުމަހު އާއްމުކުރާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ބުނީ ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި އަންނަ މާޗުމަހު ލިސްޓް އާއްމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެމް މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ފުަރަތަމަ އާއްމުކުރާނީ ވަގުތީ ލިސްޓެއް ކަމަށާއި އެއަށްފަހު ޝަކުވާ ހުށަހަޅަން ފުރުސަތު ދޭނެކަމަށެވެ. އަދި ފްލެޓާއި ގޯތި ލިބޭ މީހުންގެ ފައިނަލް ލިސްޓް އާއްމުކުރާނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތުތަަށްފަހުކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅި 3000 ގޯއްޗަށް އެދި ޖުމްލަ 15،164 މީހުން ހުށަހަޅާފައިވެއެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅި 4000 ފުލެޓަށް އެދި 20،697 މީހުން ހުށަހަޅާފައިވެއެވެ.

މި ސްކީމްގެ ދަށުން ގޯތި ދޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށާފައިވާއިރު، 4000 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު