އެމްޑީޕީން ބާއްވާ އިންތިހާބުތަކުގައި ވޯޓާސް ލިސްޓުގައި ސޮއިކުރުމަކީ އެމްޑީޕީން ކުރާކަމެއް ނޫންކަމަށް އިންތިހާބު އިންތިޒާމު ކުރަން ނަގާފައިވާ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
އެ ކޮމިޓީން މިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އިންތިހާބު އިންތިޒާމު ކުރަން ނަގާފައިވާ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ މިފަހަރުގެ އިންތިޚާބަށް 555 ޝަކުވާ މިހާތަނަށް ލިބިފައިވާކަމަށެވެ. އަދި އެ ހުރިހާ ޝަކުވާއަކަށްވެސް އެޓެންޑު ވެވި، ޖަވާބު ދެވިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެެވެ.
އެމްޑީޕީގެ ވޯޓާސް ލިސްޓުގައި ސޮއިކުރަން ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާއިރު އިބްރާހީމް ވަޙީދު ވިދާޅުވީ ވޯޓަރސް ލިސްޓުގައި ސޮއި ކުރުމަކީ އެމްޑީޕީން މީގެ ކުރިންވެސް ދެކޮޅު ހަދަމުން އައިސްފައިވާ ކަމެއްކަމަށެވެ. އެގޮތުން އެއް ފަރާތަކުން ލިސްޓުގައި ސޮއި ނުކޮށްފިނަމަ އިންތިޚާބު ނުބޭއްވޭ ޙާލަތަށް ގޮސް، އިންތިޚާބު ހައިޖެކް ކުރުމުގެ ފުރުސަތަކީ އެމްޑީޕީން ދޭނެ ފުރުސަތެއް ނޫންކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ މި އިންތިޚަބަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވެ ނިމިފައިވާކަމަށެވެ. އަދިމިއީ އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެމްޑީޕީ ދަފްތަރުގައި ނަން އޮތް މެންބަރުންނަށް އެކަންޏެވެ.
ނަމަވެސް ބައެއް ފަރާތްތަކުން އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިނުވާ މީހުންނަށްވެސް ގުޅައިގެން ވޯޓްލާންދާން ބުނަމުންދާކަން ފާހަގަވެފައިވާކަމަށް އެމްޑީޕީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު