އަހުމަދު މަސްނޫމް   26 ޖެނުއަރީ 2023 - 12:18
އައްޑޫ ސިޓީ ހިތަދޫއިން 500 ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އިއުލާނުގައިވާ ގޮތުން މިފަހަރު އިއުލާންކޮށްފައި ވަނީ 1500 އަކަފޫޓުގެ 500 ގޯތި ދޫކުރުމަށެވެ.

ސިޓީ ކައުންސިލުން ބުނީ ގޯތި ދޫކުރަނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

މިގޮތުން ކެޓަގަރީ-އޭ އިން ހިތަދޫ ރައްޔިތުންނަށް 450 ގޯތި ދޫކުރާނެއެވެ. އަދި ކެޓަގަރީ-ބީ އިން އައްޑޫ ސިޓީގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް 50 ގޯތި ދޫކުރަން ވަނީ ހަމަޖެހިފައެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މިދިޔަ ހަފްތާގައިވެސް އައްޑޫ ސިޓީން ގޯތިތަކެއް ދޫކުރަން ހުޅުވާލާފައެވެ. އެގޮތުން މީދޫ، ހުޅުދޫ އަދި ފޭދޫ ހިމެނޭހެން ތިން ރަށުން ޖުމްލަ 500 ގޯތި ދޫކުރުމަށް އިއުލާންކުރިއެވެ.

އައްޑޫން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2002 ވަނަ އަހަރެވެ.



ކިޔުންތެރިންގެ ހިޔާލު