ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބާތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބާތުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އެދެނީ ޑިމޮކްރަސީއާއި އަދުލު އިންސާފާއި ސުލްހައިގެ ރޫހު އިންޑިއާގައި ދެމިއޮތުން ކަމަށެވެ.



އިންޑިއާގެ ޖުމްހޫރީ ދުވަހަކީ 26 ޖެނުއަރީއެވެ. މިދުވަސް ފާހަގަކުރަމުން ދަނީ 1950 ވަނަ އަހަރު އެކުލަވާލެވުނު ގާނޫނު އަސާސީއާ ގުޅުވައިގެނެވެ. މިއަހަރު ފާހަގަކުރަމުންމިދަނީ އިންޑިޔާގެ 74 ވަނަ ޖުމްހޫރީ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު