ސިޓީ ކައުންސިލުން މާލެތެރެއިން ކުނި ނެގުމަށްފަހު ޤަވާއިދާ ޚިލާފަށް ކުނި ޖަމާކޮށްފައި ބަހައްޓާތީ އެކަން ނުކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން މާލޭ ސިޓީ ކައުންސިލަށް އަންގައިފިއެވެ.
އީޕީއޭއިން ސިޓީ ކައުންސިލަށް މިގޮތަށް އަންގާފައި ވަނީ މާލޭ ތެރެއިން ކުނި ނެގުމަށްފަހު ޤަވާއިދާ ޚިލާފަށް ސިޓީ ކައުންސިލުގެ ބިމެއްގައި ކުނި ޖަމާކޮށްފައި ބެހެއްޓި މައްސަލައެއް އެ އެޖެންސީގެ ސަމާލުކަމަށް އައުމުންނެވެ. އަދި އެކުނިތައް އެތަނުން ނަގާ، އެ ތަން ސާފުކުރުމަށް ސިޓީ ކައުންސިލަށް ލިޔުމުން އަންގާފައިވާކަމަށާއި އެކަން ހިނގާދިޔަގޮތް ބަލަމުންދާކަމަށްވެސް އީ.ޕީ.އޭއިން ބުނެއެވެ.
ކުނި މެނޭޖްކުރުމުގެ ޤަވާއިދާއި އުޞޫލުތަކުގައިވާ ގޮތުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރެވޭނީ އެކަމަށް ޚާއްސަކޮށްގެން ހުއްދަ ދީފައިވާ ތަންތަނުގައެވެ. އެހެންކަމުން ސިޓީ ކައުންސިލުގެ ބިމެއްގައި ޤަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައި ބެހެއްޓި މައްސަލަ ބަލާ، އޮންނަ އުޞޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް އީ.ޕީ.އޭއިން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޓީ ކައުންސިލުން މި ކުނިތައް ޖަމާކޮށް ބަހައްޓާފައިވަނީ އެދުރުހިޔާ ފްލެޓްތަކާ ޖެހިގެން ހުރި އެ ކައުންސިލުގެ ކޮށްޓެއްގައެވެ. އަދި އީ.ޕީ.އޭއިން އެންގުމާއެކު ސިޓީ ކައުންސިލުން ވަނީ އެތަން ސާފުކުރުމުގެ މަސައްކަތްކޮށްފައެވެ.
މިދިޔަ ޑިސެމްބަރުމަހުން ފެށިގެން މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލުންނެވެ. މިއީ ކުރިން ވެމްކޯއިން ކުރަމުންދިޔަ މަސައްކަތަކެވެ.

ކިޔުންތެރިންގެ ހިޔާލު