މިދިޔަމަހު ރާއްޖެއަށް އިމްޕޯޓް އަދި އެކްސްޕޯޓްކުރި މުދަލުގެ އަގުގެ މިންވަރު އިތުރުވިނަމަވަސް، އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުގެ ޑިސެންބަރ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިދިޔަ ޑިސެންބަރުމަހު ވަނީ 5.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.
މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަށް ބަލާއިރު ފަރަންސޭސިވިލާތުން 766 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާނުން 754 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އިންޑިއާއިން 724 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ސިންގަޕޫރުން 694 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 532 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
މި ހިސާބު ތަކަށް ބަލާއިރު މިދިޔަމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވެސްވަނީ އިތުރުވެފައެވެ. އެގޮތުން 2021ވަނަ އަހަރުގެ ޑިސެންބަރުމަހު ރާއްޖެއިން 221 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރުމަހު އެކްސްޕޯޓުކޮށްފައި ވަނީ 299 މިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑު، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އެމެރިކާ، އަދި ފަރަންސޭސިވިލާތަށެވެ.
ކަސްޓަމްސްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔައަހަރުގެ ޑިސެންބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 2 އިންސައްތަ ވަނީ ދަށްވެފައެވެ. 2021 ވަނަ އަހަރުގެ ޑިސެންބަރމަހު 364 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރ މަހު މި ޢަދަދުވަނީ 356 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

Monthly Statistics – Dec2022
— Maldives Customs (@CustomsMv) January 24, 2023
👉Imports increased by 27% ⬆️when compared to the same period of 2021
👉Exports increased by 35% ⬆️ when compared to the same period of 2021.
👉Customs Revenue decreased by 2% ⬇️.
🔗 https://t.co/Q9uzUm9qKm@MariyaDidi @AbdullaSh4reef pic.twitter.com/jKpYjVBUec
މި ހިސާބު ތަކަށް ބަލާއިރު މިދިޔަމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވެސްވަނީ އިތުރުވެފައެވެ. އެގޮތުން 2021ވަނަ އަހަރުގެ ޑިސެންބަރުމަހު ރާއްޖެއިން 221 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރުމަހު އެކްސްޕޯޓުކޮށްފައި ވަނީ 299 މިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑު، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އެމެރިކާ، އަދި ފަރަންސޭސިވިލާތަށެވެ.
ކަސްޓަމްސްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔައަހަރުގެ ޑިސެންބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 2 އިންސައްތަ ވަނީ ދަށްވެފައެވެ. 2021 ވަނަ އަހަރުގެ ޑިސެންބަރމަހު 364 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރ މަހު މި ޢަދަދުވަނީ 356 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ކިޔުންތެރިންގެ ހިޔާލު