ތ.ވިލުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ފަށަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.

އެމްޓިސީސީން ބުނީ ތ. ވިލުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އީ.އައި.އޭ. މަސައްކަތްތައްކަމަށްވެސް އެމްޓިސީސީން ބުނެއެވެ.



އެމްޓިސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 3047 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1869 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމާއި، 184 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނޭކަމަށެވެ. އަދި ފަތާ ސަރަޙައްދު ވަށައިގެން ބެރިއަރ ފްލޯޓްސް ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް އެމްޓިސީސީން ބުނެއެވެ.

އެމްޓިސީސީން ބުނީ މި މަޝްރޫޢަކީ 11.9 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު