އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދަށް ވެސް ދޭންވާ އިހުތިރާމު ދިނުމަށް އެމަނިކުފާނު ގޮވާލައްވައިފިއެވެ.

އެމްޑީޕީ މެންބަރުން ކިބައިން ރައީސް މިގޮތަށް އެދިވަޑައިގެންނެވީ، ކެމްޕޭންގައި އއ. މާޅޮހަށް ވަޑައިގެން ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ކާކުތޯ އަދި އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓަކީ ކާކުތޯ ވަރަށް ސާފުކޮށް އެރަށުގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ދެފަރާތުގައި ވެސް މިތިބީ ހަމަ ގާތް އާއިލީ ބޭފުޅުން ކަމަށާއި، މިއީ އެކުވެރިން، ރަހުމަތްތެރިން ކަމަށެވެ. އަދި ރައީސް ނުކުމެވަޑައިގެން ހުންނެވީ ވަކި މީހަކާއި ދެކޮޅުވެގެން ނޫންކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެހެންކަމުން ވާދަވެރި ކެންޑިޑޭޓަށް ވެސް ދޭންވާ އިހްތިރާމާއި ލޯތްބާއި ގަދަރު ދެއްވުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ރައިސްވަނީ އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް މާޅޮހުގެ މެންބަރުންގެ ކިބައިންވެސް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ، ރައީސަށް ވޯޓު ދެއްވަންވީ އެއީ އެމްޑީޕީއަށް ވެސް އަދި ރަށަށްވެސް އެންމެ ރަނގަޅުގޮތަކަށް ވާނީ އެހެންއެކަން ކުރުންކަމަށް ވާތީ ކަމަށެވެ. އަދި އެ ރަށުގައި ތިބި އެމްޑީޕީގެ ދެ ފަރާތުގެ މެންބަރުން ވެސް އެއްތަންވެ އެމަނިކުފާނާއިއެކު ކުރިއަށް ދިޔުމަށް އެދިވަޑައިގެންނެވިއެވެ.

ވާދަވެރި ކެންޑިޑޭޓަށް އިހުތިރާމާއި ގަދަރު ކުރުމަށް ރައީސް ވިދާޅުވެފައި މިވަނީ، ރައީސް ޞާލިޙްގެ ފެކްޝަނުގައި ހިމެނޭ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ދާއިރާއަށް ވަޑައިގެންނެވުމުން ބަޔަކު ނުކުމެ އޭނާއަށް ފުރައްސާރަކޮށް އޭނާއާއިދެކޮޅަށް އަޑު އުފުލާ ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައި ވަނިކޮށެވެ. އެ މައްސަލާގައި ރައީސް ފެކްޝަންގައި ހިމެނޭ ބޭފުޅުން ދަނީ އެކަމަކީ ނަޝީދު ފެކްޝަންގެ ބޭފުޅުން އަޑީގައި ތިބެ ހިންގާފައިވާ ކަމެއްކަމަށް ތުހުމަތު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން