އަހުމަދު މަސްނޫމް   24 ޖެނުއަރީ 2023 - 14:58
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިހާރު ވަނީ ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:00އާއި ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.



މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުމަކީ އެކަށީގެންވާކަމެއްކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 6 ފޫޓު ދެމެދު ކަމަށް މޫސުމާއިބެހޭ އިދާރާއިން ލަފާކުރެއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން