ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ރިބަން ކަނޑަންޖެހިއްޖެ ނަމަ، އެމަނިކުފާނުގެ މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ކޮންމެ ދުވަހަކު ޖެހޭނީ އެކަން ކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް އއ. އަތޮޅަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ހިންގާ ގިނަ މަޝްރޫއުތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫއުތަކުގެ ރިބަން ކަނޑަންޖެހޭނަމަ ރިޔާސީ ދައުރުގެ ބާކީ އޮތް ހުރިހާ ދުވަހެއް ހޭދަކުރަންޖެހޭނީ އެކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަހަރުގެ ޖުލައި އޮގަސްޓާ ހިސާބަށް ދާއިރު މި ސަރުކާރުގެ ތަރައްގީގެ ހުރިހާ މަސައްކަތްތަކެއް ހުންނާނީ ނިމިފައި ކަމަށެވެ. އަދި އެކަންކަމުގެ ރިބަން ކަނޑަންޖެހޭނަމަ އެހެން ކަމެއް ކުރުމަށް ވަގުތު ނޯންނާނެ ކަމަށް ވެސް ރައީސް ސާލިޙު ވިދާޅުވި އެވެ.
"ރިބަން ކަނޑަންޖެހޭ ނަމަ މި ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއް ހޭދަކުރަންޖެހޭނީ އެކަމަށް. އެވަރަށް މަސައްކަތްތައް ނިމިފައި އެބަހުރި،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކޮވިޑްގެ ތެރޭގައި ވެސް މަޝްރޫއުތައް ހުއްޓާ ނުލައި ކުރިއަށް ގެންދިޔަ ކަމަށެވެ. އެ ދުވަހު އެ މަސައްކަތްތައް ހުއްޓާލައި މުސާރަތައް ކުޑަކޮށް، ބަޖެޓު ހިފެހެއްޓި ނަމަ ރާއްޖެ އޮންނާނީ ލަންކާ މިހާރު އެ އޮތް ހާލަތުގައި ކަމަށް ރަައީސް ސާލިޙު ވިދާޅުވިއެވެ. މި ސަރުކާރުން ކުރިއަށް ގެންދާ ކޮންމެ ޕްރޮޖެކްޓަކީ ވެސް ޕްލޭނަކާއި އަމާޒެއް އޮވެގެން ކުރާ ކަންކަން ކަމުގައި ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު