އެމްޑީޕީގެ ޕްރައިމަރީގައި މެންބަރުން ވޯޓްލާއިރު ގައުމީ ވިސްނުމެއް ގެންގުޅެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއަށް މިއަދު ހަވީރު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ، ޕްރައިމަރީއަކީ ޕާޓީގެ އެތެރޭގެ އިންތިޚާބެއް ކަމަށެވެ. އެހެން ނަމަވެސް އެ އިންތިޚާބު ގުޅިފައިވަނީ ޤައުމުގެ ކުރިމަގާއިކަން ރައީސް ވަަނީ ފާހަގަކުރަށްވާފައެވެ. އެހެންކަމުން ޕްރައިމަރީގައި ވޯޓުލާއިރު ޤައުމީ ވިސްނުމެއް ގެންގުޅުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ބަލަންވީ ޕާޓީގެ އަމިއްލަ ވިސްނުން މަޑުޖައްސާލުމަށް ކަމަށެވެ. އަދި އެ ނިއްމުމާއި އެކު ގައުމަށް ވާނީ ކިހިނެތްތޯ ވިސްނާލުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
"ޕާޓީގެ އެތެރޭގެ އަމިއްލަ ފިކުރު އަމިއްލަ ވިސްނުން ހުރި ގޮތް އަދި މަޑުޖައްސާލައިފައި ޤައުމަށް ވަނީ ކިހިނެއްތޯ، މި ނިންމުމުން. އެއާ ދޭތެރޭ ވިސްނާފައި ތިބޭފުޅުން ގޮތެއް ނިންމީމާ އޮންނާނީ ރަނގަޅަށް،" ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އެމަނިކުފާނު ބޮޑުތަނުން ކާމިޔާބު ކުރަަށްވާނެ ކަމަށާއި އެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އެމަނިކުފާނު މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށަކުން ވެސް ފެންނަނީ އެމްޑީޕީއާއެކު މި ސަރުކާރުން ފެށި ދަތުރުގައި ބައިވެރިވެ، ކުރިއަށްދާތަން ކަމަށް ރައީސް ވިދާޅުވިއެވެ. ޕްރައިމަރީއަށް ފަހު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިއަދު ވެސް ވަނީ ތަކުރާރު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު