މިއަހަރުގެ ތެރޭގައި އއ. ތޮއްޑޫއިން އިތުރު 100 ގޯތި ދޫކުރަން އިއުލާން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއަށް މިއަދު ހަވީރު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ތޮއްޑޫއިން 100 ގޯތި ދޫކުރަން މިހާރު އިއުލާން ކޮށްފައިވާ ކަމަށެވެ. އެ 100 ގޯއްޗަށް ވުރެ ގިނަ ފަރާތްތަކުން އެ ގޯތިތަކަށް ކުރިމަތިލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ދޫކުރަން ނިންމާފައިވާ 100 ގޯތި ދޫކުރުމަށްފަހު މިއަހަރު ތެރޭގައި އިތުރު 100 ގޯތި ދޫކުރާނެ ކަމަށް ރައީސް ވަނީ އިއުލާން ކުރަށްވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން އަތޮޅު ތެރޭގައި މިހާރު ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ވަކި ވަކި ފަރުދުންނަށް ވެސް ފައިދާވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހުންނެވީ އެމަނިކުފާނާއެކު ނޫން ނަމަވެސް އެ ދާއިރާ ބާކީ ނުކުރައްވާނެ ކަމަށެވެ. މި ސަރުކާރުން އާބާދީއަށް ނުބަލައި ދިވެހި ރައްޔިތުން ދިރިއުޅޭ ހުރިހާ ރަށެއް ވެސް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު