އަހުމަދު މަސްނޫމް   23 ޖެނުއަރީ 2023 - 18:28
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންކަމަށްވާ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ދެ ކެންޑިޑޭޓުންވެސް ގެންދަވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރައްވަމުންނެވެ. މިގޮތުން ދެ ބޭފުޅުންވެސް މިހާރު ވަނީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީއަށް ދަތުރެއް ކުރެއްވުމަށް ހަމަޖައްސާފައެވެ.

ނަޝީދުގެ ކެމްޕެއިން ޓީމުން މައުލޫމާތުދޭ ގޮތުގައި ނަޝީދު ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ. އަދި މިއީ ދެ ދުވަހުގެ ދަތުރުފުޅެއްކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން މައުލޫމާތުދެއެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ޓީމުން މައުލޫމާތުދޭ ގޮތުގައި މިމަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ރައީސް ސާލިހުގެ ބޮޑު ކެމްޕޭން ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.



އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ރައީސް ނަޝީދު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާއިރު، ރައީސް ސާލިހު މިއަދު އުޅުއްވަނީ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން