ހަރުގެތަކުގައި މީހުންނާއި ދިމާލަށް އެއްޗެހި ގޮވަން އުޅުނަސް ސަރުކާރެއް ނުހިންގޭނެކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

އެކަމަނާ މިފަދަ ބަހުގެ ހަމަލާއެއް ނަޝީދަށް ދެއްވީ ސީދާ ކޮންސަބަބަކާއި ހެދިކަމެއް ސާފު ނުވިޔަސް، މިދުވަސްވަރަކީ ސިޔާސީގޮތުން ފޯރިގަދަ އަދި ވާދަވެރިކަމެއް ހިނގަމުންދާ ދުވަސްވަރެއްގައެވެ. މިގޮތުން ދުންޔާ ނިސްބަތްވެޑައިގަންނަވާ އެމްއެންޕީން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު، ރައީސް ނަޝީދު އުޅުއްވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ރައީސް ނަޝީދު ގެންދަވަނީ އެކި ފަރާތްތަކަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އެގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކަންކަމާއި ގުޅޭގޮތުންވެސް ނަޝީދު ގެންދަވަނީ ވާހަކަފުޅުދައްކަވަމުންނެވެ.



ނަޝީދުގެ ވާހަަކަފުޅުތަކަށް ރައްދު ދެއްވަމުން އެމްއެންޕީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ދުންޔާ މައުމޫން ވިދާޅުވީ ސިޔާސީ މަގާމު އުފައްދައިގެން މީހުންގެ ތާއީދު ހޯދަން ފެއްޓެވީ 2009 ގައި ނަޝީދު ކަމަށެވެ.

ދުންޔާ ވިދާޅުވީ ސަރުކާރެއް ހިންގޭނީ ހިންގުމުގެ ގާބިލުކަން ހުރި މީހުންނަށްކަމަށެވެ. އަދި ހަރުގޭގައި ހަރު އަޑުން މީހުންނާއި ދިމާލަށް އެއްޗެހި ގޮވަން އެގުނަކަސް ސަރުކާރެއް ނުހިންގޭނެކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއް ހިންގާނީ ކަމަށް ގާބިލް މީހުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން