އަހުމަދު މަސްނޫމް   23 ޖެނުއަރީ 2023 - 14:54
އއ. ހިމަންދޫގައި ސަރުކާރުން މިސްކިތެއް ބިނާކުރުމަށް ހަމަޖައްސައި، އެކަމާއި ގުޅޭ މަސައްކަތްތައް ފަށައިފިއެވެ.

ސަރުކާރުން މިހާރު ވަނީ ހިމަންދޫގައި އަލަށް ބިނާކުރާ މިސްކިތް ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލާއެވެ.

އއ. ހިމަންދޫގައި 300 މީހުންގެ ޖަގައިގެ މި މިސްކިތް ބިނާކުރުމަށް މިއަހަރުގެ ބަޖެޓުގައި 2.2 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މިސްކިތުގެ ބީލަން މަރުހަލާ ހުޅުވާލާފައިވާއިރު މިމަހުގެ 30ގެ ކުރިން ބިޑް ހުށައެޅުމުގެ ފުރުޞަތު ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިސްކިތް އިމާރާތްްކުރަން އެދޭ ފަރާތްތަކުން ހުށައަޅާ ބިޑްތައް ހުޅުވުން އޮންނާނީ އަންނަމަހުގެ 1 ވަނަދުވަހުކަމަށެވެ.

ސަރުކާރުން މިހާރުވެސް އަންނަނީ 14 މިސްކިތެއްގެ މަސައްކަތް ކުރަމުންނެވެ. ދައުލަތުން މިއަހަރަށްް ލަފާކުރި ބަޖެޓްގައި މިސްކިތް ބިނާކުރުމަށް 66.4 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން