ސްވިޑެންގެ ސިޔާސީ ބަޔަކު އެ ގައުމުގައި ގުރުއާން އެންދި މައްސަލަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުއްވެރިކުރައްވައިފިއެވެ.

ސްވިޑެންގައި ގުރުއާން އެންދި މައްސަލައިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ނުރުހުން ފާޅުކޮށް، އަޑު އުފުލަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްވިޑެންގައި ހުންނަ ތުރުކީގެ އެމްބަސީގެ ބޭރުގައި ސްވިޑެން ސަރުކާރުގެ ހުއްދަ ލިބިގެން ގުރުއާން އެންދުމަށް ބޭއްވި ހަރަކާތް ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ.



ގާސިމް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުން ރުޅިއަރުވަން ހިންގި މި އަމަލަކީ ދަށު ދަރަޖައިގެ ނާތަހުޒީބީ އަމަލެއްކަމަށެވެ.

ސްވިޑެންގައި ގުރުއާން އެންދުމުން އިސްލާމީ ގިނަ ގައުމުތަކަކުން އަންނަނީ އެކަން ކުއްވެރިކުރަމުންނެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ، ގަތަރު، ކުވެއިތު އަދި ތުރުކީ ހިމެނެއެވެ. މީގެއިތުރުން ދިވެހި ސަރުކާރުންވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ސްވިޑެންގައި ގުރުއާން އެންދުމުގެ ހަރަކާތް ބާއްވާފައި ވަނީ އެ ގައުމުގައި ހުންނަ ތުރުކީ ވިލާތުގެ އެމްބަސީ ކައިރީގައެވެ. އަދި މިއީ ސްވިޑެންގެ ސަރުކާރުން ހުއްދަ ދީގެން ބޭއްވި އެއްވުމެއްކަމަށްވެސް ހަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން