އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މާލެ އަތޮޅާއި އއ. އަތޮޅުގެ ރަށްތަކަށް ކެމްޕެއިން ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

ރައީސް ސާލިހު މި ދަތުރުފުޅުގައި ދެ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގައި ތިއްބަވާ އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާނެއެވެ.

ރައީސް ސާލިހުގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ކ.އަތޮޅު ގުރައިދޫ އަށެވެ. އަދި އެއަށްފަހު ކާށިދޫއަށެވެ.

ރައީސް ސާލިހުގެ އަރިހުގައި މި ދަތުރުފުޅުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ރައީސް ސާލިހުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.



ރައީސް ސާލިހުގެ ކ. އަތޮޅާއި އއ. އަތޮޅަށް ކެމްޕެއިން ދަތުރުފުޅެއް ފަށްޓަވާފައި މިވަނީ ދެކުނުގެ ބައެއް ރަށްތަކަަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅަށްފަހުއެވެ.

ރައީސް ސާލިހު ދެކުނަށް ކުރެއްވި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީ، ގދ. ތިނަދޫ އަދި ގއ. ވިލިނގިއްޔަށް ވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު