11 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ބާއްވާ ޕިކަޕު ބުރުތަކުގައި އެމަނިކުފާނަށް ތާއިދުކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކުގެ އަޑު ބޭނުން ކުރަން ފަށައިފިއެެވެ.
ރައީސް ޔާމިނަށް 11 އަހަރުގެ ޖަލު ހުކުމެއް އައީ ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވުމުންނެެވެ. އެމައްސަލައިގައި ޔާމިން ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. ރައީސް ޔާމިނަށް އިއްވި ހުކުމާއެކު އެމަނިކުފާނު ދޫކޮށްލަން ގޮވާލާ އިދިކޮޅުން އަންނަނީ ކޮންމެ ރެއަކު ވެސް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް މުހައްމަދު ނަޝީދު މި ފަހަކަށް އައިސް ކުރީގެ ރައީސް ޔާމިނަށް ތައުރީފްކޮށް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެެވެ. އެގޮތުން ދާދިފަހުން ނަޝީދު ބޭއްވެވި ނޫސްކޮންފަރެންސެއްގައި ޔާމީނަކީ ކިޔަވައިގެން ހުރި، ތަންދޮރު ދަންނަ ވަރަށް ގާބިލު ވިޝަނަރީ ބޭފުޅެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
"ރައީސް ޔާމީނަކީ އިންޓަލެކްޗުއަލް ބޭފުޅެއް. އެކަޑެމިކް ބޭފުޅެއް. ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަނެއް ހުރި ބޭފުޅެއް. އަޅުގަނޑު ނުދެކެން އެއީ އެހާ ތަފާތު ބޭފުޅެއްގެ ގޮތުގައެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅުތައް ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާތަކާއި ޕިކަޕް ބުރުތަކުގައި މިފަހަކަށް އައިސް ބޭނުން ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެެވެ. އެކަން އެގޮތަށް ހިނގަމުންދަނީ ރައީސް ނަޝީދު ރައީސް ޔާމީނާއި އިއްތިހާދުވެދާނެ ނުވަތަ ކޯލިޝަން ހަދަައިފާނެ ފަދަ އިޝާރާތެެއް ކުރަށްވައި ރައީސް ސޯލިހަށް ވުރެ ރައީސް ޔާމިން މާ ބޮޑަށް ރަނގަޅު ކަމަށް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅުތައް ޕީޕިއެމުން ބޭނުންކުރަމުންދާއިރު އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިވަނީ ވަރަށް ގަދަވެފައެވެ. މިއީ ނުސީދާކޮށް ޕީޕިއެމުން ޕްރައިމަރީގައި ނަޝީދު ހޮވަން އެޕާޓީން ކޮށްދޭ ކެމްޕޭނެއް ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެެވެ. އަދި އެމްޑީޕީއަށް ވެރިކަން ގެއްލި އެޕާޓީ މަގުމަތިވާން އޮތް ހަމައެކަނި ގޮތަކީ ނަޝީދަށް އެމްޑީޕީގެ ޓިކެޓް ލިބުން ކަމަށް އެޕާޓީގެ މެމްބަރުން ގަބޫލުކުރެވޭތީ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެެ.
މީގެ އިތުރުން ފާހަގަކޮށްލެވޭގޮތުގައި ޕީޕީއެމާއި ރައީސް ޔާމީނާދެމެދު އެއްވެސް ރުޅިވެރިކަމެއް އެ މަނިކުފާނުގެ ނެތް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް އެމަނިކުފާނު ވަޑައިގަތުމުން ޕީޕީއެމްގެ މެންބަރުން ވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވަނީ އެމަނިކުފާނާއި ބައްދަލު ކުރަށްވައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަަށް ޕީޕިއެމް މެމްބަރުން ނިކުންނާތީ އެ މެމްބަރުންނަށް ޝުކުރު ވެސް އަދާކުރަށްވާފައެެވެ.
"ވަރަށް ގިނަ ރަށްރަށުން ޕީޕިއެމް މެމްބަރުންނާއި އަޅުގަނޑާއި ދިމާވޭ، އަދި އެމީހުން ހިނިތުންވުމާއި އެކީގައި އަޅުގަނޑާއި ވާހަކަ ދައްކާވެސް ހަދާ، އަދި އޭގެ ގިނަ ގޭގެއިން ސައިތައްޓެއް ވެސް ދީވެސް ހަދާ. އަޅުގަނޑަށް ފެންނަ ތަނުގައި ފުށުއަރާ މިއޮންނަނީ އެންމެ މައްސަލައެއް. އެމައްސަލަ އަޅުގަނޑު އުއްމީދުކުރަން ޕީޕިއެމް އިން ހައްލެއް ގެންނަވާނެ ކަމަށް،" ރައީސް ޔާމީނާއި ޚިޔާލު ތަފާތުވާ ހަމައެކަނި މައްސަލަ އަކީ "އިންޑިޔާ އައުޓް" ކެމްޕޭންކަން ހާމަކުރަށްވައި ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުގެ އިސް ލީޑަރުން ރާވައިގެން، ރައީސް ނަޝީދުގެ ކެމްޕެއިން އިވެންޓުތަކަށް އެ ޕާޓީގެ މެމްބަރުން ފޮނުވަމުންދާކަމަށް ރައީސް ސޯލިހްގެ ކެމްޕޭން ޓީމުން ވެސް ވަނީ ތުހުމަތުކޮށްފައެވެ.
ރައީސް ސޯލިހުގެ ފެކްޝަންގައި ހިމެނޭ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރާވައިގެން ކަންކަން ކުރަމުންދަނީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ނާކާމިޔާބުކޮށްލުމުގެ މަގުސަދުގައިކަމަށެވެ. އެމްޑީޕީގެ މެމްބަރުން އެކަމަށް ސަމާލުވާންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމްް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ރައީސް ޔާމީން "އޯކޭ" ނޫން ކަމަށާއި ޔާމީނާއެކުގައި ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށެވެ.
ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޔާމީނާއިއެކު ކުރިއަށް ދިޔުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ވެސް އެކަން އެގޮތަށް ކުރެވެން ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު