ގިނަބަޔަކު މިހާރުވެސް ބޭނުން ކުރަމުންދާ ވިލާ ރޫފިންގް ޝީޓްގެ އާ ވައްތަރެއް ކަމަށްވާ ޕްރިމިއަމް ކޮލޮރައިޓް-ކޯޓިންގް ގެ ވިލާ ރޫފިންގް ޕްރޮޑަކްޓްސްތައް ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

ވިލާ ރޫފިންގްއަކީ ރާއްޖޭގައި އެންމެ ތަޖުރިބާކާރު، އަދި އެނެމް ޒަމާނީ ފެންވަރުގައި ހިދުމަތް ފޯރުކޮށްދޭ ކޮލެޓީ ޓިނެކެވެ.

ވިލާ ރޫފިންގް ޝީޓްތަކަކީ، އާއްމު ފުރާޅު ޝީޓްތަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާ ހޮޓްރޯލް ފޯމް ޕްރޮސެސް މެދުވެރިކޮށް އުފައްދާ ޝީޓެކެވެ. ޒަމާނީ މެޝިނަރީ ބޭނުންކޮށްގެން އުފައްދާ ވިލާ ރޫފިންގް ކަސްޓަމަރުން ބޭނުންވާ މިނަކަށް ޑެލިވަރީ ކޮށްދެއެވެ. އަދި ވިލާ ރޫފިންގް މާލެ، ހުޅުމާލެ އަދި ދޯންޏާއި ހަމައަށް ޑެލިވަރީކޮށްދޭއިރު، ތިލަފުށީގައި ހުންނަ ފެކްޓޮރީން އޯޑަރުވެސް ނަގައެވެ. އެހެންކަމުން މިހާރުވެސް ގިނަ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުންވެސް މި ޝީޓް ފުރާޅުތަކުގައި ބޭނުންކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ވލާ ރޫފިންގް އަކީ 'ހޮޓް ރޯލް ފޯމް ޕޮރެސް' ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ ޓިނެކެވެ. ވިލާއިން ބުނިގޮތުގައި ސައުދީ އިން ރޯ މެޓީރިއަލް އެތެރެކޮށްގެން ތައްޔާރުކުރާ މި ރޫފިންގް ޝީޓު ކަސްޓަމަރުން ބޭނުންވާ ޑިޒައިނަކަށް އަދި ބޭނުން ސަައިޒަކަށް ތައްޔާރުކޮށްދެއެވެ. ސައުދީ، ޔޫއޭއީ، ޖޯޑަން، ކުވެއިތު އަދި މެދު އިރުމަތީގެ އެންމެ ފުރިހަމަ މިންގަނޑުތަކަށް އުފައްދާ މި ރޫފިންގް ޝީޓުތަކަކީ އައި އެސް އޯ ސެޓްފިކެޓް ވެސް ހާސިލްކޮށްފައިވާ ބްރޭންޑްއެކެވެ.

އެންމެ ފާހަގަ ކޮށްލެވޭ ފައިދާތަކުގެ ތެރޭގައި މި ރޫފިންގް ޝީޓުތަކުގައި 'އެންޓި ކެޕިލަރީ' ޓެކްނޮލޮޖީ ހުރުމުގެ ސަބަބުން ފުރާޅުން ފެންތިކި ނުޖަހާނެއެވެ. މިއީ ވިލާ ހަކަތަ އިން ދެކޭ ގޮތުގައި ގިނަ ދިވެހިންނަށް ފުރާޅު އެޅުމުގައި ކުރިމަތިވާ ލީކުވާ މައްސަލައަށް ދާއިމީ ހައްލެކެވެ. އަދި މީގެ އިތުރުން ގިނަ ވަގުތު އަލިފާނުގައިވެސް ގެއްލުމެއް ނުވާގޮތަށް މި ރޫފިންގް ޝީޓުތައް ހިފަހައްޓާނެއެވެ. އަދި މިއީ އެހެނިހެން ރޫފިންގް ޝީޓުތަކަށްވުރެ ބޮޑަށް ލޮނުގެ އަސަރުން ދަބަރުޖަހާ، ދަގަނޑު ހަލާކުވާ މިންވަރު ކުޑަ ކޮއްދޭނެ ރޫފިންގް ޝީޓުތަކެކެވެ.

ވިލާއިން ތައާރަފް ކޮށްފައިވާ ރޫފިންގް ޝީޓުތައް ލިބެން ހުންނާނެ ކުލަތަކަކީ ވިލި ނޫ، ޒިންކް، ގަދަ ނޫ އަދި ފެހި ކުލައިންނެވެ.

މިރޫފިންގް ޕްރޮޑަކްޓްސް ވިލާއިން ތައާރަފް ކޮށްފައިވަނީ ބޮޑު ޑިސްކައުންޓަކާއި އެކުއެވެ. އެގޮތުން ކޮންމެ ފޫޓަކަށް 15 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ. މި ޕްރޮމޯޟަން މި އަންނަ މަހުގެ 28 ގެ ނިޔަލަށް ކުރިއްށް ދާނެއެވެ.



ވިލާގެ ރޫފިން ޕްރޮޑަކްޓްސް ގަތުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހަކަމާއެކު އޯޑަރު ވެސް ކޮށްލެވޭނެއެވެ. އެގޮތުން 7236464 ނަންބަރަށް ވައިބާ މެދުވެރިކޮށް ނުވަތަ ގުޅާލައިގެން ވެސް އޯޑަރު ކުރެވޭނެ ކަމަށް ވިލާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން