އެމްޑީޕީގެ ޕްރައިމަރީގައި އޭނާގެ އާއިލާގެ އެކަކު ވެސް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުން މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
އަނދުން ހުސެއިން މިހެން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީއާ ދިމާކޮށް ރައީސް މުހައްމަދު ނަޝީދު އިއްޔެ މާލޭގެ ބައެއް ގޭގެއަށް ކުރެއްވި ޒިޔާރަތުގައި އޭނާގެ އާއިލާ ދިރިއުޅުއްވާ ހ. އަދުންގެއަށް ވަޑައިގެން އެގޭގެ މީހުންނާއިއެކު ނަގާފައިވާ ފޮޓޯއެއް އާންމު ކުރުމާއި ގުޅިގެންނެެވެ.
އެކަމާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސެއިން ވިދާޅުވީ އޭނާގެ އާއިލާގެ އެއްވެސް މީހަކު އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އޭނާއާއި އާއިލާގެ ތާއީދު އޮތީ ރައީސް ސޯލިހަށް ކަމަށް ވެސް އަނދުން ހުސެއިން ވިދާޅުވިއެވެ. އަނދުން ހުސެއިން ވަނީ އޭނާގެ އާއިލާ އާއި ކެމްޕޭންގައި ރައީސް ސާލިޙު ބައްދަލުކުރެއްވި ފޮޓޯތަކެއް ވެސް އާންމު ކުރަށްވާފައެވެ. އަނދުން ހުސެއިންް ވިދާޅުވީ ރައީސް ނަޝީދަށް އެމްޑީޕީގެ މެމްބަރުންގެ އިތުބާރު ގެއްލެނީ ކަންކަން އޮޅުވާލައްވާތީ ކަމަށެވެ.
"ކުޑަ ކުދިންނާ އެކު އާއިލާ ހަވީރު ސައިބޯން ތިއްބާ ވަޑައިގަނެ، ފޮޓޯއެއް ނަގާ ސިޔާސީ ބޭނުމަށް އެ ފޮޓޯ ބޭނުން ކުރުމަކީ ދަށު ދަރަޖައިގެ ކަމެއް. މާފަށް އެދިވަޑައިގަތުމަށް ގޮވާލަން،" ރައީސް ސާލިޙުގެ އަރިސް މެމްބަރެއްގެ ގޮތުގައި ހުންނެވި އަނދުން ހުސެއިން ވިދާޅުވިއެވެ.

Alhuganduge a’aailaage evves meehaku @MohamedNasheed ah MDP primary ga thaaeedheh nukurey. Kudakudhinnaa eku a’aailaa haveeru saiboan thibbaavadhevadaigane photo eh nagaa siyaaseebeynumah e photo beynun kurumakee dhashu dharajaige kameh. Maafah edhivadaigathumah govaalan! https://t.co/MivKAm3r8G
— Hussain Shaheem (@AndhunHussain) January 22, 2023
އެކަމާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސެއިން ވިދާޅުވީ އޭނާގެ އާއިލާގެ އެއްވެސް މީހަކު އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އޭނާއާއި އާއިލާގެ ތާއީދު އޮތީ ރައީސް ސޯލިހަށް ކަމަށް ވެސް އަނދުން ހުސެއިން ވިދާޅުވިއެވެ. އަނދުން ހުސެއިން ވަނީ އޭނާގެ އާއިލާ އާއި ކެމްޕޭންގައި ރައީސް ސާލިޙު ބައްދަލުކުރެއްވި ފޮޓޯތަކެއް ވެސް އާންމު ކުރަށްވާފައެވެ. އަނދުން ހުސެއިންް ވިދާޅުވީ ރައީސް ނަޝީދަށް އެމްޑީޕީގެ މެމްބަރުންގެ އިތުބާރު ގެއްލެނީ ކަންކަން އޮޅުވާލައްވާތީ ކަމަށެވެ.
Alhugandaa a’aailaa ge thaaeedh othee Raees @ibusolih ah. Miheree Raees geyah vadaigennevi reyge photo thah. Raees @MohamedNasheed ah #MDP Memberun ge ithubaaru gellenee kankan olhuvaalavvaathee. pic.twitter.com/ld8IWMtHsT
— Hussain Shaheem (@AndhunHussain) January 22, 2023
"ކުޑަ ކުދިންނާ އެކު އާއިލާ ހަވީރު ސައިބޯން ތިއްބާ ވަޑައިގަނެ، ފޮޓޯއެއް ނަގާ ސިޔާސީ ބޭނުމަށް އެ ފޮޓޯ ބޭނުން ކުރުމަކީ ދަށު ދަރަޖައިގެ ކަމެއް. މާފަށް އެދިވަޑައިގަތުމަށް ގޮވާލަން،" ރައީސް ސާލިޙުގެ އަރިސް މެމްބަރެއްގެ ގޮތުގައި ހުންނެވި އަނދުން ހުސެއިން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު