ބަޔަކު ހަގީގަތް އޮޅުވާލަން އުޅުނަސް އެމްޑީޕީ އުފެއްދުމަށް ދެވަނައަށް ސޮއިކުރީ އެމަނިކުފާނު ކަމަށް އެޕާޓީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ގއ. ވިލިނގިއްޔަށް މިއަދު ހަވީރު ވަޑައިގެން އެރަށުގައި އެޕާޓީގެ މެންބަރުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، އެމްޑީޕީ އުފެެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ބޯގަންވިލާ އިބްރާހިމް އިސްމާއިލް (އިބްރާ) ކަަމަށެވެ. އަދި ބައެއް މީހުން ހަގީގަތް އޮޅުވާލަން އުޅުނަސް އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރި މީހުންގެ ލިސްޓުގައި ދެވަނައަށް އޮތީ އެ މަނިކުފާނުގެ ނަންފުޅު ކަމަށް ރައީސް ވިދާޅުވިއެވެ.
"ދެން އެއަށް ފަހު ދެން ތިބި މީހުން ތަރުތީބު ވެގެން އައީ،" ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެއިތުރުން އެމްޑީޕީގައި އެންމެ ކުރިއްސުރެ އުޅުއްވި ބައެއް ބޭފުޅުން އެ މަނިކުފާނުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާތީ ރައީސް ނަޝީދުގެ ފެކްޝަނުން އަމާޒު ކުރަމުން ގެންދާ ފާޑުކިޔުންތަކާއި ގުޅިގެން ރައީސް ސާލިޙު ވިދާޅުވީ، އެމްޑީޕީއަށްޓަކައި ގުރުބާންވި މީހުންގެ އަގު ވަޒަންނުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ވަކި މީހެއްގެ ވަކި މަގުސަދެއް ހާސިލް ކުރުމަށްޓަކައި އެމްޑީޕީއަށްޓަކައި ގުރުބާންވި މީހުންނާ ދިމާލަށް ބޭނުންހާ އެއްޗެއް ކިޔުމަކީ ފައިދާ ހުރި ގޮތެއް ނޫންކަމަށް އެޕާޓީގެ އިސްލީޑަރުގެ މަގާމުގައި ހުންނެވި ރައީސް ސާލިޙު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސާލިޙު، ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެެ. ރައީސް ވަނީ އެރަށުގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ އެއްވެސް ހުޅުއްވައިދެއްވާފައެވެ.

މުޅި ވިލިގިއްލާ މި އޮއްތޯ ރައީސް އިބޫއަށް. މިކަމާ ނިމީގެ 💛💪#MDPKuriah #Ibu2023 pic.twitter.com/Y6X10iQ1lp
— Hussain Shafiu (@charly_thuthu) January 22, 2023
"ދެން އެއަށް ފަހު ދެން ތިބި މީހުން ތަރުތީބު ވެގެން އައީ،" ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް @ibusolih އަށް ތާއީދު ކުރައްވާ ރައްޔިތުން ޖޯޝާއި ފޯރީގައި ނިކުމެ ވިލިނގިލީ މަގުތައް ފުރާލައިފި. އެންމެން ބުނަނީ ޗޮއިސް އަކީ އިބޫ ކަމަށް ✌️✅💛#MDPKuriah #Ibu2023 pic.twitter.com/4ctsUR68o1
— Hussain Shafiu (@charly_thuthu) January 22, 2023
މީގެއިތުރުން އެމްޑީޕީގައި އެންމެ ކުރިއްސުރެ އުޅުއްވި ބައެއް ބޭފުޅުން އެ މަނިކުފާނުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާތީ ރައީސް ނަޝީދުގެ ފެކްޝަނުން އަމާޒު ކުރަމުން ގެންދާ ފާޑުކިޔުންތަކާއި ގުޅިގެން ރައީސް ސާލިޙު ވިދާޅުވީ، އެމްޑީޕީއަށްޓަކައި ގުރުބާންވި މީހުންގެ އަގު ވަޒަންނުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ވަކި މީހެއްގެ ވަކި މަގުސަދެއް ހާސިލް ކުރުމަށްޓަކައި އެމްޑީޕީއަށްޓަކައި ގުރުބާންވި މީހުންނާ ދިމާލަށް ބޭނުންހާ އެއްޗެއް ކިޔުމަކީ ފައިދާ ހުރި ގޮތެއް ނޫންކަމަށް އެޕާޓީގެ އިސްލީޑަރުގެ މަގާމުގައި ހުންނެވި ރައީސް ސާލިޙު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސާލިޙު، ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެެ. ރައީސް ވަނީ އެރަށުގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ އެއްވެސް ހުޅުއްވައިދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު