ޒަހީނުއްދީން ސަޢީދު   22 ޖެނުއަރީ 2023 - 23:54
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ގއ. ވިލިނގިއްޔަށް ވަޑައިގެންފިއެވެ.

ރައީސް ސާލިޙު ވިލިނގިއްޔަށް ވަޑައިގަތީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް އެތައް ސަތޭކަ ބަޔަކު ވިލިނގިލީ ބަނދަރު ސަރަހައްދަށް ޖަމާވެ އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ވިލިނގިއްޔަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިންއެެވެ.



ވިލިނގިއްޔަށް ވަޑައިގެން ރައީސް ވަނީ އެރަށުގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހައެއް ވެސް ހުޅުއްވައިދެއްވާފައެވެ.

ޕްރައިމަރީގެ ކެމްޕޭނަށް ރައީސް މިއަދު ވަނީ ގދ.ތިނަދޫ އަށް ވެސް ވަޑައިގެންފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން