ކުރީގެ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ، އެމްޑީޕީގެ ރިޔާސީ ޕްރަައިމަރީގައި ރައީސް، އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ޒުލްފާ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީއާއި ގުޅިގެން ކުރީގެ މިނިސްޓަރު މަރިޔަމް ޒުލްފާ މިއަދު ވިދާޅުވީ އެއް ހަރަކުން މުއުމިނެއްގެ ގަޔަށް ދެ ފަހަރަކު ކަށި ނުޖެހޭނެ ކަމަށެވެ.

އެމްޑީޕީއަށް އެންމެ ފުރަތަަމަ ވެރިކަން ލިބި އެޕާޓީ މަގުމަތިވީ އެޅުނު އެންމެ ކަތިފިޔަވަޅަކުން ކަމަށާއި އެގޮތުން 7 އަަހަރު އަނިޔާވެރި ބިރުވެރި ދުވަސްތައް ޕާޓީގެ މެންބަރުން ތަޖުރިބާ ކުރަންޖެހުނު ކަމަށް ޒުލްފާ ވިދާޅުވިއެވެ.



"ހަނދާން ކުރަންވީ ހަމަ އެންމެ ކަތި ފިޔަވަޅަކުން ޕާޓީ މަގުމަތިވެ 7 އަހަރު އަނިޔާވެރި ބިރުވެރި ދުވަސްތައް ތަޖުރިބާކުރަން ޖެހުުނުކަން. އެކަން އޯކޭއެއް ނޫން. އެކަން ތަކުރާރުވާކަށް ވެސް ނޭދެން." ޒުލްފާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން