މިނިސްްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 5 ރަށެއްގެ ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތްތައް އެމްޓިސީސީއާ ހަވާލުކޮށްފައިވަނީ މިއަދު ޕްލޭނިންގ މިނިސްްޓްރީންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއަދު އެމްޓިސީސީއާ ހަވާކުކޮށްފައިވަނީ ‏ލ. ކަލައިދޫ، ލ. ދަނބިދޫ ކޯޒްވޭ މަޝްރޫޢު އާއި ލ. ހިތަދޫ، ލ. މެންދޫ އަދި ލ. ކުނަހަންދޫ ކޯޒްވޭ މަޝްރޫޢުއެވެ.



‏ލ. ކަލައިދޫ، ލ. ދަނބިދޫ ކޯޒްވޭ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކުރީ 155 މިލިއަން ރުފިޔާއަށް 550 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

‏ލ. ހިތަދޫ، ލ. މެންދޫ އަދި ލ. ކުނަހަންދޫ ކޯޒްވޭ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކުރީ 81 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމުމަަށެވެ..


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން