ތިނަދޫގައި މިއަދު ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން
ތިނަދޫގައި މިއަދު ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން
ހަމަނުޖެހުން ހިންގުމަކީ ސުލްހަވެރިކަމާއެކު މުޒާހަރާކުރުމަކަށް ނުބެލެވޭނެކަމަށް ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތިނަދޫއަށް މިއަދު ވަޑައިގަތުމުން ބަޔަކު އެކަމަށް ހުރަސް އަޅަން މަސައްކަތްކުރުމުންނެވެ.

މިއުވާން ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ސިޔާސީ ހަރަކާތަކަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގަން އުޅުމަކީ ސުލްހަވެރި މުޒާހަރާއަކަށް ނުކިޔާނެކަމަށެވެ.



މިއުވާން ވިދާޅުވީ ސުލްހަވެރިކަމާއެކު ސިޔާސީ ހަރަކާތް ހިންގައި، އަޑުއުފުލުމުގެ މިނިވަންކަން ތަންމިނަށް މި ސަރުކާރުން އޮތީ ހުޅުވާލާފައިކަމަށާއި އެކަން މިއަދު ތިނަދޫއިންވެސް ފެނުނުކަމަށެވެ.

ތިނަދޫއަށް މިއަދު ރައީސް ސާލިހު ވަޑައިގަތުމުން އެ ރަށުގައި ތިބި ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ވަނީ ރައީސްއާ ދެކޮޅަށް އަޑުއުފުލުމަށް ނިކުމެފައެވެެ. އަދި އެކަމުގެ ތެރެއިން ފުލުހުންނާއި އާއްމުންނާއި ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއްވެސް ވަނީ ހިނގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން