ސްވިޑެންގެ ސިޔާސީ ބަޔަކު އެ ގައުމުގައި ކީރިތި ގުރުއާން އެންދި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސްވިޑެންގައި ގުރުއާން އެންދުމުގެ ހަރަކާތްތަކެއް ބޭއްވީ އެ ގައުމުގެ ކަނާތު ފިޔައިގެ ހަރުކަށި ސިޔާސީ ޕާޓީއެއްގެ ލީޑަރެއް އިސްކޮށް ހުރެއެވެ.

މިކަމާއި ގުޅިގެން ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކީރިތި ގުރުއާން އެންދުމަށް ސްވިޑަންގައި ބޭއްވި ދަށުދަރަޖައިގެ އަމަލު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.



ސްވިޑެންގައި ގުރުއާން އެންދުމުން އިސްލާމީ ގިނަ ގައުމުތަކަކުން އަންނަނީ އެކަން ކުއްވެރިކުރަމުންނެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ، ގަތަރު، ކުވެއިތު އަދި ތުރުކީ ހިމެނެއެވެ.

ސްވިޑެންގައި ގުރުއާން އެންދުމުގެ ހަރަކާތް ބާއްވާފައި ވަނީ އެ ގައުމުގައި ހުންނަ ތުރުކީ ވިލާތުގެ އެމްބަސީ ކައިރީގައެވެ. އަދި މިއީ ސްވިޑެންގެ ސަރުކާރުން ހުއްދަ ދީގެން ބޭއްވި އެއްވުމެއްކަމަށްވެސް ހަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން