ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމަވައި ދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ތިނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ ތިނަދޫއަށް ބޭނުންވާ ކަންކަން ކޮށްދެމުންދާއިރު، ރަށަށް ބޭނުންވާ އެހެން ކަންކަންވެސް ކޮށްދެއްވާނެކަމަށެވެ. އެގޮތުން ބޭރު ތޮށި ބޮޑުކުރުމުގެ މަސައްކަތްތަކާއި ޕިކްނިކް އައިލެންޑެއްގެ މަސައްކަތްވެސް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ އާބާދީއާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ރަށުގެ ކައުންސިލަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ވަރަށް އަވަހަށް ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ބަރާބަރު ސިޓީއަކަށް ބޭނުންވާނޭ ހުރިހާ ވަސީލަތްތަކެއް ނިންމާނަން އަޅުގަނޑުމެން. މިއަދު އަޅުގަނޑުމެން އެދިފައިވާނެ ކައުންސިލުގައި އާބާދީގެ އަދަދާއި ގުޅޭ މައުލޫމާތު ފޮނުވައިދިނުމަށް. އިރާދަކުރެއްވިޔާ މި އިންތިހާބަށްފަހު ލަސްތަކެއްނުވެ މިރަށް ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަޅުގަނޑު އަންނާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިނަދޫއަކީ 5 އަހަރުގެ މެނިފެސްޓޯގަައި އެންމެ ބޮޑު ހަރަދެއް ކުރަން ނިންމާފައިވާ އެއް ރަށްކަމަށެވެ. އަދި އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގަމުންދާ ކަންވެސް ރައީސް ފާހަގަކުރެއްވިއެެވެ.

ރައީސް ވިދާޅުވީ ތިނަދޫ މަސްވެރިންގެ ކުރިއެރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި އޭގެތެރެއިން ގިނަ މަޝްރޫއުތަަަައް ހަވާކުކުރެވިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން