އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކެމްޕެއިން ދަތުރުފުޅެއްގައި ހުވަދޫ އަތޮޅަށް ވަޑައިގެންފިއެވެ.
ރައީސް ސާލިހު ހުވަދޫއަށް މިއަދު ދަތުރުފުޅެއް ފަށްޓަވާފައި މިވަނީ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.
ރައީސް ސާލިހުގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއަށެވެ.
ތިނަދޫއަށް ރައީސް ސާލިހު ވަޑައިގެންނެވުމުން އެމަނިކުފާނަށް އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސް ސާލިހު ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާނެއެވެ.
އެމްޑީޕީގެ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސާލިހުއާއި ރައީސް ނަޝީދު ގެންދަވަނީ ފޯރިގަދަ ކެމްޕެއިންއެއް ކުރައްވަމުންނެވެ.

ހުވަދޫ ދަތުރަށް، ރައީސް ގދ. ކާޑެއްދޫ އެއަރޕޯޓަށް ވަޑައިގެންފި. ދެން ވަޑައިގަންނަވާނީ ގދ. ތިންދުއަށް#MDPKuriah#Ibu2023 pic.twitter.com/sNmUrbdFUZ
— MDP Kuriah (@MDPKuriah) January 22, 2023
ތިނަދޫއަށް ރައީސް ސާލިހު ވަޑައިގެންނެވުމުން އެމަނިކުފާނަށް އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސް ސާލިހު ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާނެއެވެ.
އެމްޑީޕީގެ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސާލިހުއާއި ރައީސް ނަޝީދު ގެންދަވަނީ ފޯރިގަދަ ކެމްޕެއިންއެއް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު