ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިން މައްސަލަ އެންމެ ހަރުކަށިކޮށް ކުށްވެރިކޮށް، އެކަމާއި ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ދިވެހި ސަރުކާރަށް އިދިކޮޅު ޕީޕީއެމުން ގޮވާލައިފިއެވެ.
ޕީޕީއެމުން މިކަމަށް ގޮވާލީ އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ. ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނީ މާތްﷲގެ ކަލާމްފުޅު، ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދީފައިވާތީ، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށިކޮށް އެކަން ކުށްވެރި ކުރާކަމަށެވެ.
ޕީޕީއެމުން ބުނީ މުސްލިމުންނާއި ދެކޮޅަށް ހިންގޭ މިފަދަ ލާދީނީ އަދި ލާއިންސާނީ ޙަރަކާތްތަކަކީ އެއްގޮތަކަށްވެސް އެ ކޯލިޝަނުން ބަލައިގަންނާނޭ ކަމެއް ނޫންކަމަށެވެ. އަދި މިކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި އެހެން ދީންތަކުގެ މީހުންގެ މެދުގައިވެސް ނަފްރަތާއި ރުޅިވެރިކަން އުފެދި ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ފުރުޞަތު ތަނަވަސްވެގެން ހިނގައިދާނޭ ކަމަށް ޤަބޫލުކުރެވޭކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމަށް ދީފައިވާ ހުއްދަ ބާޠިލުކޮށް ނަފްރަތާއި ރުޅިވެރިކަމަށް ޖާގަ ލިބޭ މިފަދަ ޢަމަލުތަކުން ދުރުވުމަށް އެންމެހާ ޤައުމުތަކަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ. އަދި ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި މިކަމާއި އިދިކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ސަރުކާރަށް ގޮވާލާފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު