ބަރުލަމާނީ ނިޒާމަކުން ރާއްޖެއަށް ފައިދާއެއް ނުކުރާނެކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ރަށްތައް ބިކަވުމުގެ ފުރުސަތު އެބައޮތްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ.
ޝަރީފް މިއަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ވަސީލަތަކީ ހުރިހާ ރައްޔިތުންނަށް ނިސްބަތްވާ އެއްޗެއްކަމަށެވެ. އަދި ދިވެހިންނަކީ އެއް ބައެއްކަމަށާއި އެއް ދީނެއްގެ އަހުލުވެރިންކަން ޝަރީފް ފާހަގަކުރެއްވިއެެވެ.
ޝަރީފް ވިދާޅުވީ މި ގައުމު ބައިބައިކޮށް ފޮތިފޮތިކުރާ ވާހަކައަކީ މުޅި ގައުމުގެ މަސްލަތު ގެއްލިގެން ހިންގައިދާނެ ފަދަ ނުރައްކާތެރި ވާހަކަ އެއްކަމަށެވެ.
ޝަރީފް ވިދާޅުވީ އާބާދީ އެތައް ސަތޭކަ މިލިއަނަކަށް އަރާ، އެތައް ލައްކަ އަކަ ކިލޯމީޓަރަކަށް ބިން އޮންނަ، އެތައް ނަސްލަކާ އެތައް ދީނެއްގެ މީހުން އުޅޭ މަދު ގައުމެއްގައި ފެޑެރަލް ނިޒާމް ހިންގިޔަސް އެއީ ރާއްޖެއާ ގުޅޭ ނިޒާމެއް ނޫންކަމަށެވެ. އަދި މިފަދަ ބަހުސްތައް ކުރުމުގެ ނަތީޖާއަކީ ގައުމު ބައިބައިވެ، ފަސާދަވުންކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ގައުމު ބައިބައިވާ މިފަދަ ވާހަކަދެއްކުމަކީ ގައުމުގެ މަސްލަހަތު ގެއްލޭނެކަމެއްކަމަށެވެ.
ޝަރީފް ވިދާޅުވީ ފެޑެރަލް ނިޒާމެއްގައި ފައިދާ ވާނީ ހަމަ އެކަނި އާބާދީ ބޮޑު ވަސީލަތް ގިނަ ސަރަހައްދަށް އެކަނިކަމަށާއި ގިނަ އަތޮޅުތައް ހިމެނޭ ގައުމުތައް ވާނީ ބިކަކަމަށެވެ.
"ރާއްޖެ ބައިބައިވެ ގައުމުގެ އެއްބައިވަންތަކަން ގެއްލި ރޫޅިގެން ހިންގައިދާނެ. ދިވެހިންނަކީ އެއްބަޔެއް، އެއް ނަސްލެއް، އެއް ދީނެއް. މި ތަނަށް ކަމުދަނީ އުނިޓަރީ ދައުލަތެއް" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮންނަ ގައުމަކަށް ފެޑެރަލް ނިޒާކީ ރައީސް ނަޝީދު ވިދާޅުވިޔަސް ކަމުދާ ނިޒާމެއް ނޫންކަމަށެވެ. އަދި އެއީ މުޅި ގައުމު ބައި ބައިވެ، ރޫޅިގެންދިޔުމުގެ ފުރުސަޠް އޮތް ނިޒާމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މީގެއިތުރުން އެކަމުގެ ސަބަބުން ވަސީލަތްތައް މަދު އަތޮޅުތައް އެކަހަރިވެ، ބިކަ ވެދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

Federal nizaamehga faidhaa vaanee hama ekani abaadhee bodu vaseelaiy gina sarahaddhu ekani.Gina atoll thah bikavegen hingaidhaane Rajje baibai ve gaumuge ebbaivantha gelli roolhigen hingaidhaane. Dhivehin nakee ebbayeh,eh nasleh,eh dheeneh.mi thanah kamudhanee unitary dhaulatheh
— Ibrahim Shareef (@AdduShareef) January 22, 2023
ޝަރީފް ވިދާޅުވީ އާބާދީ އެތައް ސަތޭކަ މިލިއަނަކަށް އަރާ، އެތައް ލައްކަ އަކަ ކިލޯމީޓަރަކަށް ބިން އޮންނަ، އެތައް ނަސްލަކާ އެތައް ދީނެއްގެ މީހުން އުޅޭ މަދު ގައުމެއްގައި ފެޑެރަލް ނިޒާމް ހިންގިޔަސް އެއީ ރާއްޖެއާ ގުޅޭ ނިޒާމެއް ނޫންކަމަށެވެ. އަދި މިފަދަ ބަހުސްތައް ކުރުމުގެ ނަތީޖާއަކީ ގައުމު ބައިބައިވެ، ފަސާދަވުންކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ގައުމު ބައިބައިވާ މިފަދަ ވާހަކަދެއްކުމަކީ ގައުމުގެ މަސްލަހަތު ގެއްލޭނެކަމެއްކަމަށެވެ.
ޝަރީފް ވިދާޅުވީ ފެޑެރަލް ނިޒާމެއްގައި ފައިދާ ވާނީ ހަމަ އެކަނި އާބާދީ ބޮޑު ވަސީލަތް ގިނަ ސަރަހައްދަށް އެކަނިކަމަށާއި ގިނަ އަތޮޅުތައް ހިމެނޭ ގައުމުތައް ވާނީ ބިކަކަމަށެވެ.
"ރާއްޖެ ބައިބައިވެ ގައުމުގެ އެއްބައިވަންތަކަން ގެއްލި ރޫޅިގެން ހިންގައިދާނެ. ދިވެހިންނަކީ އެއްބަޔެއް، އެއް ނަސްލެއް، އެއް ދީނެއް. މި ތަނަށް ކަމުދަނީ އުނިޓަރީ ދައުލަތެއް" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮންނަ ގައުމަކަށް ފެޑެރަލް ނިޒާކީ ރައީސް ނަޝީދު ވިދާޅުވިޔަސް ކަމުދާ ނިޒާމެއް ނޫންކަމަށެވެ. އަދި އެއީ މުޅި ގައުމު ބައި ބައިވެ، ރޫޅިގެންދިޔުމުގެ ފުރުސަޠް އޮތް ނިޒާމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މީގެއިތުރުން އެކަމުގެ ސަބަބުން ވަސީލަތްތައް މަދު އަތޮޅުތައް އެކަހަރިވެ، ބިކަ ވެދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު