ފުވައްމުލަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭނީ "އޭ ޕްލަސް" އެއް ކަމަށް އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕޭން ޖަގަހައެއް ހުޅުވުމަށް މިރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުން އެދުނު ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮށްދެއްވާފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ފުވައްމުލަކުގައި ކުރަން ރޭވިފައި ހުރި ކަންކަން ހުއްޓުމެއް ނެތި ކުރިއަށްގެންދަން ކަމަށެވެ.
ޑޢކޢ
އެގޮތުން މިިދިޔަ ސަރުކާރުގައި ވެސް މަގު ހެދުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ނަމަވެސް މަގުގައި އެޅި ތާރެއް ނުފެނުނު ކަމަށް މޭޔަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ ވެސް ކުރި އެންމެ ބޮޑު އެއް ކަމަކީ 2.9 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން ކަމަށެވެ. އެ މަޝްރޫއު ވެސް ފަށައި 18.5 ކިލޯމީޓަރު ވަރަށް އަވަހަށް ނިންމާލާނެ ކަމަށް މޭޔަރު ރަފީގް ވިދާޅުވި އެވެ. އަދި ރައީސް ސޯލިހާއެކު ނިކުންނެވީ އެ ޔަގީންކަން އޮތުމުން ކަމަށްވެސް މޭޔަރު ރަފީގް ވިދާޅުވި އެވެ.
"ހަމަ ޔަގީނުން ވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވެސް ފުވައްމުލަކުގެ ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑު ދޭނީ އޭ ޕްލަސްއެއް." މޭޔަރު ރަފީގް ވިދާޅުވި އެވެ.
ރަައީސް ސާލިޙަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން މޭޔަރު ރަފީގް ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް ރައީސް ސާލިޙަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. މިދިޔަ ހަތަރު އަހަރުތެރޭ ރައީސް ސޯލިހުގެ ފަރާތްޕުޅުން އެކަން ތަޖުރިބާ ކުރެވިފައިވާ ކަމަށް މޭޔަރު ރަފީގު ފާހަގަކުރެއްވިއެވެ.
މޭޔަރ ވަނީ ސަރުކާރުން ފުވައްމުލަކަށް ފުރަތަމަ ހާއްސަކުރީ 200 ހައުސިން ޔުނިޓް ކަމަށްވީ ނަމަވެސް އިތުރު 200 ޔުނިޓް ހަދައި ދިނުމަށް ކައުންސިލުން އެދުމުން އެ ކަން ރައީސް ކޮށްދެއްވާފައިވާ ކަން ފާހަގަކުރަށްވާފައެވެ. މޭޔަރު ވިދާޅުވީ އަދިވެސް ފުވައްމުލަކަށް އިތުރު ޕްރޮޖެކްޓްތައް އެބަހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު