ފުވައްމުލަކު މަސްވެރިން ބާނާ މަސް ރަށަށް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ފުވައްމުލަކުގައި އެމަނިކުފާނުގެ ކެމްޕެއިން އޮފީހެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ކުރެވޭ މަސައްކަތުގައި ފުވައްމުލަކު ސިޓީއަކީ ވަރަށް ބޮޑު އިސްކަމެއްދޭ ސިޓީއެއްކަމަށެވެ. 2018 ވަނަ އަހަރު ވެރިކަމަށް އައުމަށްފަހު ފުވައްމުލަކު ސިޓީއަށް އަންނަމުންދާ ތަރައްގީ ރައްޔިތުންނަށް ފެންނަމުންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިން ފުވައްމުލަކުގައި ކަންކަން ކޮށްފައިވަނީ ރޭވުންތެރިކަމެއް ނެތިކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަސައްކަތްވެސް މިސަރުކާރުން އަލުން ކުރަންޖެހުނުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މިސަރުކާރުން ފުވައްމުލަކުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެދޮރުން ރަށުގެ މަގުތައް ދަނީ ހެދެމުންކަމަށާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ރަށުގެ ސްކޫލްތަކަށް ބޮޑެތި ބަދަލުތަކެއް އެބަ ގެނެވޭކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ސިއްހީ ހިދުމަތް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށާއި ސިޓީ ސްކޭން ހެދޭނެ ގޮތް ހައްދަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިން ބޭނުންވާ ގޮތަށް ރަށުން މަސް ކިރޭނެ އިންތިޒާމްވެސް ހަމަޖައްސައިދެއްވާނެކަމަށެވެ.
"ދެން އަޅުގަނޑުމެންނާއި މަޝްވަރާ ކުރެވިފައި އޮތް އަނެއް ކަމަކީ މިރަށުގެ މަސްވެރިން ބާނާ މަސް ރަށަށް ގަނެވޭނެ ގޮތް ހެދުން. ޕްރައިވެޓް ސެކްޓަރއަކުން ފަށާފައި އޮތް ކަމަކަށްވާތީ ސަރުކާރަށް އެކަން ނެގުމަށްފަހު ވާނީ އެސްޓީއޯއާ ހަވާލުކުރުމުގެ މަގުމަތީގައި. އެކަން އަވަސްކުރާނެކަން ޔަގީން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުވައްމުލަކު ބަނދަރު ބޮޑުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭއްވާނެކަމަށާއި އެ މަޝްރޫއު މި ސަރުކާރުން ކުރިއަށް ގެންދާނެކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ފުވައްމުލަކު ސިޓީގެ ރައްޔިތުން ތަރައްގީގެ ރޮނގުން ބޭނުންވާ ބަދަލު ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރަން ބޭނުންވަނީ ވެރިކަމުގައި ތިބުންކަމަށާއި ވެރިކަމުގައި ނެތިއެއް އެކަމެއް ނުވާނެކަމަށެވެ. އެހެންކަމުން ޕްރައިމަރީގައި ވޯޓް ދޭއިރު، މަގުމަތި ނުވާގޮތަށް، ތަރައްގީއާއެކު ކުރިއަށްދެވޭގޮތަށް ވޯޓްދެއްވަން ރައީސް އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު