މ. މުލީގައި މި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ބަނދަރުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ އެ ރަށުގައި މިއަދު އޮތް ކުޑަ ރަސްމިއްޔާތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަންއާއި، ކޮންޓްރެކްޓަރ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
މިއަދު ފެށިގެން ދިޔަ މި މަޝްރޫއަކީ މިދިޔަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.
އަމަލީ މަސައްކަތް ފެށުމާއި ގުޅިގެން މެންބަރު އިކްރާމް ޙަސަން ވިދާޅުވީ، މުލީ ބަނދަރާއި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީވެސް ރަށުގެ އިގުތިސާދާއި އިޖްތިމާއީ ތަރައްގީއާ ގުޅިފައިވާ މުހިއްމު ދެ މަޝްރޫއުކަމަށެވެ. އަދި މިއީ އެތައް ގޮތަކުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ މުހިއްމު ދެ މަޝްރޫއުކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
މުލީގައި ތަރައްގީ ކުރަނީ 479 މީޓަރުގެ ބަނދަރެކެވެ. ބަނދަރުގެ މަސައްކަތް ނިމޭއިރު، ބަނދަރު ފުންކޮށް، 465 މީޓަރުގެ ބޭރު ތޮށްޓެއްލާ، 89 މީޓަރުގެ ސަރަހައްދުގައި ރިވެޓްމަންޓް ޖަހާނެއެވެ. އަދި ބަނދަރުގައި ރޭމްޕް ހެދުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ޕޭވްމަންޓާއި ނެރުބައްތި އަދި ބަނދަރު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާނެއެވެ.
މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 65.6 މިލިއަން ރުފިޔާއަށް 18 މަސްދުވަހުން މަސައްކަތް ނިންމާގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު