މިއަދު ބޭއްވި ހއ. ތަކަންދޫ ކައުންސިލްގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ކާމިޔާބު ކޮށްފިއެވެ.
މިއީ ތަކަންދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑީގެ ތެރެއިން ހުސްވެފައިވާ ގޮނޑިއެކެވެ.
ތަކަންދޫގެ އިތުރުން މާލޭގައި ވެސް ވޯޓު ފޮށި ބަހައްޓާފައިވާއިރު މި އިންތިހާބުގައި ވާދަ ކޮށްފައިވަނީ ދެ ކެންޑިޑޭޓެކެވެ. އެއީ އަމިއްލަގޮތުން ވާދަކުރި ފަހީމާ މުޙައްމަދު ޑޭޒީމާ، ހއ. ތަކަންދޫ އަދި އެމްޑީޕީގެ ފަރާތުން ވާދަކުރި ފާޠިމަތު ޝައުފާ، ރެޑިއަމްގެ ހއ. ތަކަންދޫއެވެ.
އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު ޝައުފާއެވެ. މި އިންތިހާބުގައި ފަހީމާ މުޙައްމަދަށް ލިބިފައިވަނީ 203 ވޯޓެވެ. އަދި ޝައުފާއަށް ލިބިފައިވަނީ 237 ވޯޓެވެ. ޖުމުލަ 440 ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ގުނާފައިވާއިރު ބާތިލުވޯޓުގެ ގޮތުގައި 8 ވޯޓެއް ވަނީ ގުނާފައެވެ.
މި އިންތިހާބުގައި 675 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު