އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިއަދު ފުވައްމުލަކަށް ވަޑަައިގެންފިއެވެ.
ރައީސް ސާލިޙު ފުވައްމުލަކަށް ވަޑައިގަތީ މިއަދުގެ ހަވީރުގެ ވަގުތެއްގައެެވެ. ރައީސް ފުވައްމުލަކަށް ވަޑައިގަތުމުން އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ފުވައްމުލަކަށް އުފަން ފައިސަލް ނަސީމްގެ އިތުރުން ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި ކައުންސިލް މެމްބަރުންނާއި މަޖިލިސް މެމްބަރުންނާއި ރައީސް ސާލިހަށް ތާއީދު ކުރައްވާ އެމްޑީޕީ މެމްބަރުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓް ސަރަހައްދަށް ޖަމާވިއެވެ. ރައީސް ފުވައްމުލަކަށް ވަޑައިގަތުމުން އާއްމު ރައްޔިތުން ވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފުވައްމުލަކަށް ވަޑައިގެންފައިވާއިރު މިރޭ އެރަށުގައި އެމަނިކުފާނުގެ ރަސްމީ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ވަނީ ނިންމާފައެވެ. އޭގެ ފަހުން އެމްޑީޕީގެ ބައެއް ގުރޫޕްތަކާ ރައީސް ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މިދަތުރުފުޅުގައި ފުވައްމުލަކުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރަށްވައި ދޮރުން ދޮރަށް ހިންގަވައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމަވާފައެވެ.
ފުވައްމުލަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅަށްފަހު މާދަމާ ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދު އަށާއި ގއ. ވިލިނގިއްޔަށެވެ. އެ ދެ ރަށުގެ ދަތުރުފުޅަށް ފަހު ރައީސް ސާލިޙު މާދަމާރޭގެ ވަގުތެެއްގައި މާލެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ރަށެން ސަޅިކޮހޮ މިކަން ނިމެންނެން. ރައީސް @ibusolih އާއެއްކޮހޮ ކުރިހާ އެންނަ އަފުން މިތީބީ ތައްޔާރަހަ. #Ibu2023#MDPKuriah pic.twitter.com/LkkwZUmd9c
— Miuvan (@Miuvaan) January 21, 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފުވައްމުލަކަށް ވަޑައިގެންފައިވާއިރު މިރޭ އެރަށުގައި އެމަނިކުފާނުގެ ރަސްމީ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ވަނީ ނިންމާފައެވެ. އޭގެ ފަހުން އެމްޑީޕީގެ ބައެއް ގުރޫޕްތަކާ ރައީސް ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މިދަތުރުފުޅުގައި ފުވައްމުލަކުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރަށްވައި ދޮރުން ދޮރަށް ހިންގަވައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމަވާފައެވެ.
ފުވައްމުލަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅަށްފަހު މާދަމާ ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދު އަށާއި ގއ. ވިލިނގިއްޔަށެވެ. އެ ދެ ރަށުގެ ދަތުރުފުޅަށް ފަހު ރައީސް ސާލިޙު މާދަމާރޭގެ ވަގުތެެއްގައި މާލެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު