އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފިތުނަ އާއި އަދާވަތްތެރިކަން އުފެއްދުމަކީ ހައްގު ބުނެދިނުން ނޫން ކަަމަށް ކުރީގެ އިސްލާމިކް މިިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ، ހައްގު ބަޔާން ނުކޮށް ހުރުމަކީ ހުއްދަވާނެ ކަމެއް ނޫން ކަމަށް ދީނީ އިލްމްވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެެވެ. އަދާލަތު ޕާޓީގައި ކުރިން މަސައްކަތް ކުރެއްވި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޙައްޤު ބަޔާންކުރުމުގެ ނަމުގައި އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފިތުނައާއި ޢަދާވާތްތެރިކަން އުފެއްދުމަކީ ޙައްޤު ބުނެދިނުން ނޫން ކަަމަށެވެ. އިސްލާމްދީނުގައި ޙައްޤަކީ ވަރަށް މަތިވެރި އެއްޗެއް ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
"ޙައްޤުބުނެދިނުމާއި ޙައްޤު ޤާއިމުކުރުން އޮތީ ޢަދުލުވެރިކަމާއި އިހުސާންތެރިކަމުގެ މަތިން." އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ.ޝަހީމް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.މުހައްމަަދު އިޔާޒު މިއަދު ވިދާޅުވެފައިވަނީ ބާޠިލް ދިފާޢުކުރާ މީހާއަކީ ވާހަކަދައްކާ ޝައިޠާނެއްކަމަށާ، އެހެންކަމުން، ބަޔަކު މީހުން ކިތަންމެ ރުޅިއަޔަސް، ކިތަންމެ ޖެއްސުމެއް ކުރިޔަސް، ޙައްޤު ބަޔާންނުކޮށް، ތިބުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަކީ މިއުއްމަތުގެ މީހުން ކުރަންޖެހޭ ކަމެއްކަމަށާ، "މީސްތަކުންނަށް މުންކަރާތެއް ފެނި އެކަން މަނާނުކޮށް ތިބެއްޖެނަމަ އެންމެންގެ މައްޗަށް ޢާއްމުވެގެންދާ ފަދަ ޢިޤާބެއް ފޮނުއްވުން ގާތް" ކަމަށް ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅުގެ މާނާގައިވާކަން ވެސް ޑރ.އިޔާޒް ވަނީ ފާހަގަކުރަށްވާފައެވެ. ޑރ.އިޔާޒް ވިދާޅުވީ މުންކަރާތެއް ފެނިއްޖެނަމަ އަތުން މަނާކުރުމާއި، އެކަމުގެ ކުޅަދާނަކަން ނެތްނަމަ ދުލުން މަނާކުރުމަށާއި، އެކަމުގެ ކުޅަދާނަކަން ނެތްނަމަ ހިތުން މަނާކުރުމަށް ރަސޫލާ އަންގަވާފައިވާކަމަށެވެ. އެއީ އީމާންކަމުގެ އެންމެ ދަަށުދަަރަޖަކަމަށްވެސް ޑރ.އިޔާޒް ވިދާޅުވިއެވެ.

ޙައްޤު ބަޔާންކުރުމުގެ ނަމުގައި އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފިތުނައާއި ޢަދާވާތްތެރިކަން އުފެއްދުމަކީ ޙައްޤު ބުނެދިނުމެއްނޫން. އިސްލާމްދީނުގައި ޙައްޤަކީ ވަރަށް މަތިވެރި އެއްޗެއް. ޙައްޤުބުނެދިނުމާއި ޙައްޤު ޤާއިމުކުރުން އޮތީ ޢަދުލުވެރިކަމާއި އިހުސާންތެރިކަމުގެ މަތިން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 21, 2023
"ޙައްޤުބުނެދިނުމާއި ޙައްޤު ޤާއިމުކުރުން އޮތީ ޢަދުލުވެރިކަމާއި އިހުސާންތެރިކަމުގެ މަތިން." އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ.ޝަހީމް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.މުހައްމަަދު އިޔާޒު މިއަދު ވިދާޅުވެފައިވަނީ ބާޠިލް ދިފާޢުކުރާ މީހާއަކީ ވާހަކަދައްކާ ޝައިޠާނެއްކަމަށާ، އެހެންކަމުން، ބަޔަކު މީހުން ކިތަންމެ ރުޅިއަޔަސް، ކިތަންމެ ޖެއްސުމެއް ކުރިޔަސް، ޙައްޤު ބަޔާންނުކޮށް، ތިބުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަކީ މިއުއްމަތުގެ މީހުން ކުރަންޖެހޭ ކަމެއްކަމަށާ، "މީސްތަކުންނަށް މުންކަރާތެއް ފެނި އެކަން މަނާނުކޮށް ތިބެއްޖެނަމަ އެންމެންގެ މައްޗަށް ޢާއްމުވެގެންދާ ފަދަ ޢިޤާބެއް ފޮނުއްވުން ގާތް" ކަމަށް ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅުގެ މާނާގައިވާކަން ވެސް ޑރ.އިޔާޒް ވަނީ ފާހަގަކުރަށްވާފައެވެ. ޑރ.އިޔާޒް ވިދާޅުވީ މުންކަރާތެއް ފެނިއްޖެނަމަ އަތުން މަނާކުރުމާއި، އެކަމުގެ ކުޅަދާނަކަން ނެތްނަމަ ދުލުން މަނާކުރުމަށާއި، އެކަމުގެ ކުޅަދާނަކަން ނެތްނަމަ ހިތުން މަނާކުރުމަށް ރަސޫލާ އަންގަވާފައިވާކަމަށެވެ. އެއީ އީމާންކަމުގެ އެންމެ ދަަށުދަަރަޖަކަމަށްވެސް ޑރ.އިޔާޒް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު