ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅެއް ކަމަށްވާ އިބްރާހީމް ނޫރައްދީނު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރަށްވަން ނިންމަވައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ނޫރައްދީނު މިއަދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ދެ ކެނޑިޑޭޓުންވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އޭނާ އާއި އޭނާގެ އާއިލާއިން ވަނީ އެ ދެކެނޑިޑޭޓުންގެ ވެސް ސިޔާސީ މަސައްކަތްޕުޅުގައި އެތައްގޮތަކުން އެހީތެރިވެފައިކަމަށް ނޫރައްދީނު ވިދާޅުވިއެވެ.
އަދި ރާއްޖެއަށް މިވަގުތު ބޭނުންވަނީ ހަމަޖެހުން ކަމަށާއި، މަޝްވަރާކޮށް ރަނގަޅު ނިންމުންތައް ނިންމާ ވެރިއަކު ރާއްޖެއަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެެވެ. އެހެންކަމުން ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސާލިޙަށް ތާއިދު ކުރައްވަން ނިއްމަވާފައިވާ ކަމަށް ނޫރައްދީން ވިދާޅުވިއެވެ.
މިމަހު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގަައި ވާދަކުރަށްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

I have known candidates 1&2 for more than 30 yrs. My family and I have supported them in their struggle for democracy and done whatever we can for them. Maldives needs stability, a leader who consults & makes planned sensible decisions.
— Ibrahim Noordeen (@IbrahimNoordeen) January 21, 2023
I am with #ibu2023
އަދި ރާއްޖެއަށް މިވަގުތު ބޭނުންވަނީ ހަމަޖެހުން ކަމަށާއި، މަޝްވަރާކޮށް ރަނގަޅު ނިންމުންތައް ނިންމާ ވެރިއަކު ރާއްޖެއަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެެވެ. އެހެންކަމުން ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސާލިޙަށް ތާއިދު ކުރައްވަން ނިއްމަވާފައިވާ ކަމަށް ނޫރައްދީން ވިދާޅުވިއެވެ.
މިމަހު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގަައި ވާދަކުރަށްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ކިޔުންތެރިންގެ ހިޔާލު