މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. އެ ޕްރައިމަރީގައި ވާދަކުރަށްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ރައީސް މުހައްމަދު ނަޝީދެވެ. ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި އެމަނިކުފާނުގެ ކެމްޕޭން ޓީމަށް ރެ އަކީ ބޮޑު ރެއެކެެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށިފަހުން މިހާތަނަށް ބޭއްވި އެންމެ ބޮޑު ޖަލްސާ ބޭއްވީ ރޭ އާޓިފިޝަލް ބީޗުގައެވެ. ޖަލްސާ ފެށުމުގެ އެތައް އިރެއް ކުރިން އާޓިފިޝަލް ބީޗަށް މީހުން ޖަމާވާން ފެށިއެެވެ. އިސާހިތަކު އާޓިފިޝަލް ބީޗު ސަރަހައްދު ފުރިބާރުވެގެންދިޔައެވެ. އެއީ ރައީސް ސާލިޙާއި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތު ތަކަށް ތާއިދު ކުރާ ސަޕޯޓަރުންނެެވެ. މިއީ މިފަހުގެ ތާރީހެއްގައި އެމްޑީޕީގެ އަސްލު ސައިޒާއި ޖޯޝާއި އަސްލު އެމްޑީޕީގެ ރޫހު ފެނިގެންދިޔަ ޖަލްސާއެއްވެސް މެއެވެ.





އާޓިފިޝަލް ބީޗުގައި ޖެހި ހުރިހާ ގޮނޑިތަކެއް ފުރި، މުޅި ސަރަހައްދު ފުރި ބާރުވެގެން ދިޔަ ޕާޓީގެ މެމްބަރުންގެ އަދަދުން ރައީސް ސާލިޙަށް އެމްޑީޕީގެ މެމްބަރުން ކުރާ ތާއިދު ހަމަ ރީތިކޮށް ރޭގައި އެވަނީ ދައްކާލައިފައެެވެ. ރައީސް ސާލިޙަށް ތާއިދު ނެތް ކަމަށް ބުނާ މީހުންގެ އަނގަ ބަންދުކޮށްލީ ރޭގެ ބޮޑު ޖަލްސާ އިންނޭ ދެންނެވުމަކީ ވަކި މީހަކަށް ރައްދުކުރާ ކުޤޕޑައިމީސް ބަހަކަށް ނުވާނެއެވެ.

އެމްޑީޕީ އަށް ތާއިދު ކުރާ އެތަށް ހާސް ސަޕޯޓަރުންނާއެކު ރޭ ބޭއްވި ޖަލްސާގައި އެޕާޓީގެ ޕްރައިމަރީގައި ވާދަކުރަށްވާ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ޕާޓީގެ މެންބަރުންނަށް ދެއްވީ ފަސޭހަކަމާއެކު މި ޕްރައިމަރީ ކާމިޔާބު ކުރަށްވާނެ ކަމުގެ ޔަގީން ކަމެެވެ. ރައީސް ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު ނިކުމެވަޑައިގެން ހުންނެވީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދީ އެމްޑީޕީގެ މެންބަރުން އަލުން މަގުމަތި ވިޔަ ނުދިނުމަށް ކަމަށެވެެ. އެމްޑީޕީގެ މެންބަރުން ތަހައްމަލު ކުރަމުން ގެންދިޔަ އަނިޔާވެރިކަން އަލުން ތަކުރާރުވިޔަ ނުދިނުމަށް ކަމަށެވެ. އެމަނިކުފާނު ނިކުމެވަޑައިގެން އެހުންނެވީ އެމްޑީޕީގެ ވެރިކަން ދިގު މުއްދަތަކަށް ދެމި އޮންނާނެކަން ޔަގީން ކޮށްދެއްވުމަށް ކަމަށެވެ. ދައުރު ނުނިމެނީސް އޮޑިން ފުންމާލައިގެން ނުދާނެކަން ކަށަވަރުކޮށްދެއްވައި މުޅި ގައުމުގެ ރައްޔިތުންނަށް އެމްޑީގެ ހަގީގީ ހެއުވެރިކަމުގެ ފައިދާއާއި ލާބަ ލިއްބައި ދިނުމަށް ކަމަށެވެ. އެމްޑީޕީގެ ސިޔާސަތު ދިވެހި ރާއްޖޭގައި ހިންގުމަށް ކަމަށެވެ.

ރައީސް ސާލިޙު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީ ބޭނުންވާ ގޮތް ރޭ ސާފުކޮށްދީފި ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް، އެއްވެސް ޝައްކެއް ނެތް، މި ތަނުން މިއަދު މިއޮތީ އެކަން ނިންމާފައި. ނިމިއްޖެ ނިމިއްޖެ ނިމިއްޖެ." ވަަރަށް އުއްމީދާ ޔަގީންކަމާއެކު ރައީސް ވިދާޅުވި އެވެ.

ރައީސް ރޭ ވަނީ އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި ފަށައިގެން މިހާތަނަށް ނިމިފައި ހުރި ގިނަ މަޝްރޫއުތަކުގެ އަދަދުގެ ތަފްސީލް ތައް ރައްޔިތުންނަށް ހާމަކުރަށްވާފައެވެ. އަންނަނީ ކަމަށް ވިދާޅުވާ ބޭފުޅުންނަށް ރައީސް ރައްދުދެއްވީ ހިސާބު އަދަދުތަކުން ހެއްކާއެކުއެވެ.

ރައީސް ސާލިޙު ރޭ ވިދާޅުވީ އަންނަނީ ކަމަށް ބުނާ ހުރިހާ ކަމެއް މި ސަރުކާރުގައި ވައުދުވި ގޮތަށް ފުރިހަމަކޮށްދެމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް މި ސަރުކާރުން ނިންމައި ރައްޔިތުންނަށް ފައިދާ ވަމުން އަންނަ މަޝްރޫއުތަކުގެ ތަފްސީލް ރައީސް ރޭ ވަނީ ތިލަކޮށްދެއްވާފައެވެ.

ޕްރައިމަރީއަށް ފަހު ރައީސް ޞާލިހު ދެއްވާ ޔަގީން ކަމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޔަގީން ކަމެވެ. އެއިންތިހާބު ބޮޑުތަނުން ކާމިޔާބުކުރަށްވައި އެމްޑީޕީގެ ވެރިކަން ދަމަހައްޓަވާނެ ކަމުގެ ޔަގީން ކަމެވެ. ރައީސް ޞާލިހު ވިދާޅުވަނީ އެ ފޯމިއުލާ އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން