ރިޔާސީ ދައުރެއްގެ ތެރޭގައި ބިންގާ އަޅައި ފުލެޓުގެ މަސައްކަތް ނިންމާ ހަވާލުކުރާނީ އެމަނިކުފާނުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރޭ އާޓިފިޝިއަލް ބީޗް ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ ތޮއްޖެހުން ކުޑަކޮށް މުޅި މާލެއަށް ހަމަ ނޭވާއެއް ލުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ބިންކަނޑާ އިން ވަކިކޮށް ގޯތި ދެއްވާނީ ހަމަ އެމަނިކުފާނު ކަމުގެ ޔަގީންކަން ދެއްވާކަމަށް ވެސް ވިދާޅުވިއެވެ.
"ދައުރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް ބިންގަލެއްގެ ތެރޭގައި ފަށާ ނިންމާ ފްލެޓްގެ ތަޅުދަނޑި ދޭނީ އަޅުގަނޑު." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ ތަފާސް ހިސާބުތަކެއް ވެސް ވިދާޅުވެދެއްވާފައެވެ. އެގޮތުން، ފެނާ ނަރުދަމާގެ 141 މަޝްރޫޢު ކުރިއަށް ދާކަމަށާއި ލަފާފުރުމުގެ 47 މަޝްރޫޢު ނިމިފައިވާ ކަމަށާއި، ތައުލީމީ ދާއިރާއިން 1578 ކްލާސް ރޫމް ނިމިފައިވާއިރު 17 މިސްކިތް ބިނާކޮށް ނިމިފައިވާ ކަމަށާއި، 57 ފުޓްބޯޅަ ދަނޑު ތަރައްގީކޮށް ނިމިފައިވާ ކަމަށާއި، 61 ފުޓްސަލް ދަނޑު ތަރައްގީކުރުމާއި 47 ޖިމް ގާއިމު ކުރުމުގެ އިތުރުން 144 ރަށަކަށް 313 ޖަނަރޭޓަރު ސެޓް ފޯރުކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މި ސަރުކާރަށް ކަމެއްކޮށް ނިންމާ ނުލެވޭކަމަށް ވިދާޅުވާ ބޭފުޅުންނަށް ރައީސްވަނީ ނުނިމެނީ ކޮންކަމެއްތޯ ސުވާލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު