ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ދެން ސަލާމަތެއް ނުވާނެކަމަށް އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭންގައި ރޭ އާޓިފިޝިއަލް ބީޗް ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މޫކޭ ރޭ ވަނީ، އެމްޑީޕީގެ ޕްރައިމަރީއަކީ އެމްޑީޕީގެ އެތެރޭގެ ކަމެއް ކަމަށާއި އެކަމާ އިދިކޮޅު ފަރާތްތަކުން ނުބެހުމަށް އެދިވަޑައިގެންފައެވެ. އަދި ޕްރައިމަރީގެ ކަންކަމުގައި އުޅުމުގެ ބަދަލުގައި ޕީޕީއެމްގެ މެންބަރުންވެގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ނެރެން މަސައްކަތް ކުރުމަށް މޫކޭ ގޮވާލެއްވިއެވެ.
"ވަގު" އޮންނާނީ ހިފާ ގެންގޮސް ޖަލަށް ލާފައި ކަމަށާއި ދެން ޔާމީނަކަށް ސަލާމަތެއް ނުވެވޭނެ ކަމަށް މޫކޭ ވިދާޅުވިއެވެ.
މޫކޭގެ ވާހަކައިގައި ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ ތެރެއިން ރައީސަށް ތާއީދު ނުކުރާ ފަރާތްތަކަށް ވެސް ވަނީ ރައްދެއް ދެއްވާފައެވެ.
އެގޮތުން، ރައީސް އައްޔަން ކުރަށްވާ މަގާމެއްގައި ހުންނަ މީހާއަށް ރައީސްގެ ސިޔާސަތެއް ކަމަކު ނުދާ ކަމަށާއި، ރައީސް ތަންފީޒު ކުރަން ހަވާލުކުރާ ކަންކަން ތަންފީޒު ނުކުރެވޭކަމަށް މޫކޭ ވިދާޅުވިއެވެ. ނަމަވެސް، މުސާރަ ހަމަ ބަރާބަރު ކަމަށް ވިދާޅުވެ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކަށް މޫކޭ ވަނީ ފާޑުވިދާޅުވެފައެވެ.
މޫކޭ ވިދާޅުވީ އެހެން އެކަން އޮތްނަމަވެސް، އެއްވެސް ރައްޔިތަކަށް ބިރުވެރިކަމެއް ނޯންނާނެކަމަށާއި ބިރު ދެއްކި ޒަމާން ފާއިތުވެއްޖެ ކަމަށެވެ. އަދި ބިރު ދެއްކީ "ދެމަފިރިން" ޕެނަޑޯލް ބެހި ދުވަސްވަރު ކަމަށާއި އެ ބިރުވެރިކަން މިހާރު ނޯންނާނެކަމަށް މޫކޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު