ކުރީގެ ރައީސް ޔާމީން އޯކޭ ނޫން ކަމަށާއި ޔާމީނާއެކުގައި ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިރޭ އާޓިފިޝަލް ބީޗުގައި ބާއްވަމުން ގެންދާ ކެމްޕޭން ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ކުރި އަނިޔާތަކާއި ދެއްކި ބިރާއި އޭގެ ފަހަތުގައި ތިބި މީހުންނަށް އެމަނިކުފާނު "އޯކޭ" ނޫންކަމަށާއި އެ މީހުންނާއިއެކު ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ޔާމީން އޯކޭ ނޫން ކަމަށް ޖޯޝުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
"ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައީސް ޔާމީނާއިއެކު ކުރިއަށް ދިޔުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ވެސް އެކަން އެގޮތަށް ކުރެވެން ނޯންނާނެކަމަށް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ޕްރައިމަރީގެ ވާދަވެރި ކެންޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު، ރައީސް ޔާމީނަށް ތާއީދު ކުރައްވާ ވާހަކަފުޅުތަކެއް ދައްކަވާފައިވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޔާމީނާއި އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ އިންޑިއާ އައުޓު ކެމްޕޭން ކަމަށެވެ. އަދި ޔާމީނަކީ ވިޝަނަރީ ބޭފުޅެއް ކަމަށާއި ނޮލެޖު ހުރި ބޭފުޅެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު