އާޓިފިޝިއަލް ބީޗް ސަރަހައްދު ބަންދު ކުރުމާއި ގުޅިގެން ސަރުކާރުން މާލޭގައި އޮޕަރޭޓު ކުރަމުންދާ ބަސްތަކުގެ ބައެއް ރޫޓުތަކުގެ ދަތުރުތައް މެދުކަނޑާލައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާ މިރޭ އާޓިފިޝިއަލް ބީޗްގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

ބަސް ދަތުރުގެ ޚިދުމަތްދޭ އެމްޓީސީސީން މިރޭ ބުނެފައިވަނީ މިރޭ 8:00 އިން ފެށިގެން 12:00 އާ ދެމެދު ކާނިވަލުން ފޭސް 1 އަށް، ކާނިވަލުން ހުޅުމާލެ ފޭސް 2 އަށް، އަދި އަމީނީ ރޫޓާއި ސޯސަން ރޫޓުން ދަތުރު ކުރާ މިނީ ބަހުގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، އޯކިޑް މިނީ ބަސް ރޫޓަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެގޮތުން، އޯކިޑް ރޫޓުން މިރޭ މަޑު ކުރާނީ، ވެލާނާގެ ކައިރިއަށާއި، މަޖީދިއްޔާ ސްކޫލް ކައިރިއަށް ކަމަށާއި އެއަށްފަހު ކުރިން ވެސް މަޖީދީމަގުގައި ހުއްޓަމުން އައި ސްޓޮޕްތަކަށް ހުއްޓާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު