ފަރެސްމާތޮޑާ އެއާރޕޯޓު ރަސްމީކޮށް ހުޅުވައި ޚިދުމަތްދޭނެ ތާރީހެއް ކަނޑައަޅައިފިއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓުގެ މައުލޫމާތު ހިއްސާކުރާ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު ބުނެފައިވަނީ 15 މާރިޗުގައި ފަރެސްމާތޮޑާ އެއާރޕޯޓު ރަސްމީކޮށް ހުޅުވައި ޚިދުމަތްދޭން ނިންމާފައިވާކަމަށެވެ.
މީގެއިތުރުން ޓެސްޓު ފްލައިޓު ފަރެސްމާތޮޑާ އެއާރޕޯޓަށް ޖެއްސުމަށް މިހާރު ދަނީ މަޝްވަރާ ކުރެވެމުންކަމަށާއި ނަމަވެސް ތާރީޚް ފައިނަލްނުކުރެވޭކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވަޢުދަކީ ކޮންމެ 20 މިނެޓަކުން ދަތުރުކުރެވޭ ހިސާބުގައި އެއަރޕޯޓެއް ތަރައްޤީ ކުރެއްވުމެވެ. އެގޮތުން ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓްގައި 1.2 ކިލޯމީޓަރުގެ (1200 މީޓަރުގެ) ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ވަނީ ގާއިމް ކޮށްފައެވެ.
މި މަޝްރޫޢުގެދަށުން ފަރެސްމާތޮޑާއާ އެއަރޕޯޓް ގުޅާލަނީ ކޯސްވޭއަކުންނެވެ. 600 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް އެއްބަސްވެވިފައިވާ މިމަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Faresmathoda Airport Terminal Building.@MTCCPlc @FMC_Secretariat pic.twitter.com/r9iDXAJYR8
— Faresmathoda Airport (@FMAirport) January 19, 2023
މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓްގައި 1.2 ކިލޯމީޓަރުގެ (1200 މީޓަރުގެ) ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ވަނީ ގާއިމް ކޮށްފައެވެ.
މި މަޝްރޫޢުގެދަށުން ފަރެސްމާތޮޑާއާ އެއަރޕޯޓް ގުޅާލަނީ ކޯސްވޭއަކުންނެވެ. 600 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް އެއްބަސްވެވިފައިވާ މިމަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު