އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މާދަމާ ފުވައްމުލަކާއި ހުވަދު އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ސާލިޙު ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މާދަމާ ފުވައްމުލަކާއި ހުވަދު އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފަައިވާ ކަމަށެވެ. އެގޮތުން ދެކުނަށް ރައީސް ކުރައްވާ އެ ދަތުރުފުޅު މާދާމާ ހެނދުނު ފައްޓަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
"ރައީސަކީ ހުއްޓި ހުންނަވާނެ ބޭފުޅެއް ނޫން." މިއުވާން ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި އުތުރުގެ ހަތަރު އަތޮޅު ކަމަށްވާ ހއ، ހދ، ށ، އަދި ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިއްމާލެއްވުމަށްފަހު ރައީސް ސާލިހު މާލެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރައީސް ސާލިޙު ބައިވެރިވެވަޑައިގަންނަވާ ކެމްޕޭން ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗްގައި ބާއްވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.

4 އަތޮޅުގައި (ހއ | ހދ | ށ | ލ) ކެމްޕޭން ނިންމަވާލައްވާފައި ރައީސް @ibusolih އެނބުރި އެވަޑައިގަތީ މާލެ. މިރޭ މާލޭގައި ޖަލްސާ ބޭއްވުމަށްފަހު، މާދަމާ ހެނދުނު ފައްޓަވާނީ ހުވަދޫ/ފުވައްމުލައް ދަތުރުފުޅު. ރައީސް އިބޫއަކީ ހުއްޓި ހުންނަވާނެ ބޭފުޅެއް ނޫން!
— Miuvan (@Miuvaan) January 20, 2023
#Ibu2023 #MDPKuriah pic.twitter.com/b1DOMsuloV
"ރައީސަކީ ހުއްޓި ހުންނަވާނެ ބޭފުޅެއް ނޫން." މިއުވާން ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި އުތުރުގެ ހަތަރު އަތޮޅު ކަމަށްވާ ހއ، ހދ، ށ، އަދި ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިއްމާލެއްވުމަށްފަހު ރައީސް ސާލިހު މާލެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރައީސް ސާލިޙު ބައިވެރިވެވަޑައިގަންނަވާ ކެމްޕޭން ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗްގައި ބާއްވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.
ކިޔުންތެރިންގެ ހިޔާލު