ތިނަދޫ ރައްޔިތުން ތިބީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެކު ކުރިއަށް ދާން ކަމަށް ރައްޔިތުން މަޖިލީހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިއަދު ވިދާޅުވީ މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓް ދެއްވާ ތިނަދޫގެ ގިނަ މެމްބަރުންގެ ވިސްނުން ހުރިގޮތް ވަރަށް ބޮޑަށް ސާފުވެެއްޖެ ކަމަށެވެ.
"ބޮޑު އަގުލަބިއްޔަތެއް ބުނަނީ އަހަރެމެން ދާނީ ކުރިއަށް ކަމުގައި،" ރައީސް ސާލިޙާއެކު ތިނަދޫގައި މެމްބަރުން ތިބިކަން ހާމަކުރަށްވައި ގަސަމް ވިދާޅުވިއެވެ.
ގަސަމް މީގެ ކުރިން ވަނީ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިޙަށް ތާއިދު ކުރައްވަން ނިންމަވައި ތާއިދު ފޯމްގައި ސޮއިކުރަށްވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ލ. އަތޮޅަށް ވަޑައިގެން ކައްދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ތަރައްގީގެ މިސްރާބަށް ކުރިޔަށް ދާން ކަމަށާއި އެމަނިކުފާނު ކެމްޕޭންގައި ވަޑައިގެންނެވި ރަށްތަކުން އެކަން ހާމަވެފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ފެނިވަޑަައިގަތީ އެމްޑީޕީގެ މެންބަރުން އެމަނިކުފާނަށް ވޯޓު ދެއްވާ މަންޒަރު ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެނުނު މަންޒަރަކީ ކޮންމެ ރަށަކުން ވެސް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވޭތައް. ލ އަތޮޅުން ގަމާއި ފޮނަދޫ އަދި އެހެން ރަށްރަށުގެ މަންޒަރު ވެސް ވަރަށް ސާފު. ހއ. ހދ. ށ. ނ. ރ. ބ. ޅ. އިން ވެސް ފެންނަނީ ބޮޑުތަނުން ކާމިޔާބުކުރާ ތަން." ރައީސް ސާލިޙު ވިދާޅުވި އެވެ.

މިމަހު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ޑީ.ޕީ ރިޔާސީ ޕްރައިމަރީގަ ވޯޓު ދެއްވާ ތިނަދޫ ގިނަ މެމްބަރުންގެ ވިސްނުން ހުރި ގޮތް ވަރަށް ބޮޑަށް ސާފުވެއްޖެ ބޮޑުއަގުލަބިއްޔަތެއްބުނަނީއަހަރެމެން ދާނީ ކުރިއަށް ކަމުގައި.
— Mohamed Gasam (@MGasam) January 19, 2023
"ބޮޑު އަގުލަބިއްޔަތެއް ބުނަނީ އަހަރެމެން ދާނީ ކުރިއަށް ކަމުގައި،" ރައީސް ސާލިޙާއެކު ތިނަދޫގައި މެމްބަރުން ތިބިކަން ހާމަކުރަށްވައި ގަސަމް ވިދާޅުވިއެވެ.
ގަސަމް މީގެ ކުރިން ވަނީ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިޙަށް ތާއިދު ކުރައްވަން ނިންމަވައި ތާއިދު ފޯމްގައި ސޮއިކުރަށްވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ލ. އަތޮޅަށް ވަޑައިގެން ކައްދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ތަރައްގީގެ މިސްރާބަށް ކުރިޔަށް ދާން ކަމަށާއި އެމަނިކުފާނު ކެމްޕޭންގައި ވަޑައިގެންނެވި ރަށްތަކުން އެކަން ހާމަވެފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ފެނިވަޑަައިގަތީ އެމްޑީޕީގެ މެންބަރުން އެމަނިކުފާނަށް ވޯޓު ދެއްވާ މަންޒަރު ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެނުނު މަންޒަރަކީ ކޮންމެ ރަށަކުން ވެސް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވޭތައް. ލ އަތޮޅުން ގަމާއި ފޮނަދޫ އަދި އެހެން ރަށްރަށުގެ މަންޒަރު ވެސް ވަރަށް ސާފު. ހއ. ހދ. ށ. ނ. ރ. ބ. ޅ. އިން ވެސް ފެންނަނީ ބޮޑުތަނުން ކާމިޔާބުކުރާ ތަން." ރައީސް ސާލިޙު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު