ރައީސް ވިދާޅުވާ ވާހަކަތައް ތަރުޖަމާކޮށްދޭން ނުޖެހޭކަމަށާއި ރައީސްގެ ވާހަކަތައް ވަރަށް ސާފުކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބް މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ދައްކަވާ ބައެއް ވާހަކަތައް އޭރުގެ ރައީސްގެ ތަރުޖަމާަނަކަށް ހުންނަވާ ބޭފުޅާ އަނެއް ދުވަހު ޖެހިވަޑައިގަންނަވަނި ތަރުޖަމާކޮށްދެއްވާށެވެ.

ޔައުގޫބް ވިދާޅުވީ ރައީސް ސާލިހު އެމްޑީޕީގެ މެމްބަރުންނަށް ކޮށްދެއްވި އެންމެ ބޮޑު އެއް ފަސޭހައަކީ ރައީސުލްޖުމްހުރިއްޔާގެ މަގާމުގައި ހުންނަ މީހަކު ވިދާޅުވާ އެއްޗެއް ސާފުނުވެގެން ތަރުޖަމާކުރަން ނުޖެހުން ކަމަށެވެ. އަދި ކުރިން ހުރި ރައީސް ދައްކަވާ ވާހަކަތައް ތަރުޖަމާ ކުރަން އެމްޑީޕީގެ މެމްބަރުން ކުރަންޖެހުނު ބުރަ މަސައްކަތަށް ނިމުމެއް ގެނައުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއްކަމަށް ޔައުގޫބް ވިދާޅުވިއެވެ.



ޔައުގޫބް ވިދާޅުވީ ރައީސް ސާލިހުގެ ވެރިކަމުގެ 4 އަހަރު ވިދާޅުވި ހުރިހާ ވާހަކައެއްވެސް ވަރަށް ސާފުކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި "ތިމަންނާގެ ނުލަފާކަން ދައްކާލާނެކަމަށް" ވިދާޅުވެ ދެއްކެވި ވާހަކަތަކަކީ އޭގެ މިސާލެކެވެ. އެ ވާހަކަތައްވެސް އޭރުގެ ސަރުކާރަޒް ޖެހުނީ ވަރަށް ބޮޑަށް ތަރުޖަމާކޮށްދޭށެވެ. މި ނޫނަސް ރައީސް ނަޝީދު ވަނީ ތަރުޖަމާ ކުރަން ޖެހުނު އެފަދަ އެތައް ވާހަކަތަކެއް ދައްކާފައެވެ. އެގޮރުން ޑެންމާކުގައި "އޯލްޓަރނޭޓިވް ނެރޭޓިވް" އެއް ހޯދަންޖެހޭ ކަމަށް ވިދާޅުވެ އިސްލާމް ދީނާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅަކީވެސް މިފަދަ ވާހަކައެކެވެ.



ކިޔުންތެރިންގެ ހިޔާލު