އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ މާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.

މާލެ ޖަލްސާ، ނަމުގައި ބާއްވާ މީ ހަރަކާތަށް މާލޭގައި އުޅޭ އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ވަނީ ދައުވަތު އަރުވާފައެވެ.



އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި ރައީސް ސާލިހު އިއްޔެ ވަނީ ށ. އަތޮޅާއި ލ.އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ. އަދި ލ. ކައްދޫގައި ވަނީ ގިނަ އަދަދެއްގެ މެމްބަރުންނާއެކު ބޮޑު ޖަލްސާއެއްވެސް ބާއްވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލުން އޮންނަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ވާދަކުރައްވާނީ ރައީސް ސާލިހާއި އެމްޑީޕީގެ ރައީސް ނަޝީދެވެ.



ކިޔުންތެރިންގެ ހިޔާލު