ތިލަދުންމަތީގައި އައު 3 ރިސޯޓް ތަރައްގީކުރަން ބުޅުވާލުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ތިލަދުންމަތީގައި 3 ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ހުޅުވާލައްވާނެކަމަށެވެ.
މިނިސްޓްރީން ބުނީ ތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީކުރުމަކީ ސަރުކާރުގެ ވައުދެއްކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާއެކު އެ ސަރަހައްދަށް ބޭނުންވާ އެނދުގެ އަދަދު ވެސް އިތުރުކުރަންޖެހޭކަމަށް މިނިސްޓްރީން ބުނެއެވެ.
ތިލަދުންމަތީގައި ރިސޯޓް ތަރައްގީކުރުމަށް ރަށްތަކެއް ހުޅުވާލާނެކަމަށް ސަރުކާރުން އިއުލާންކުރި ނަމަވެސް، ރިސޯޓްތައް ތަރައްގީކުރާނީ ކޮން ކޮން ރަށްތަކެއްގައިކަމަށް ހާމައެއް ނުކުރެއެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށީ މިިދިޔަ ބުދަދުވަހުގެރެއެވެ.
މި އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އެ ސަރަހައްދަށް އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައެއް އިތުރުވެގެންދާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ.
އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި 2024 ގައި މިމަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢުކަމަށް ސަރުކާރުން ބުނެއެވެ.

@MoTmv to invite bids for 3 new resort projects in Thiladhunmathi in the coming week. The region needs 8000 tourist beds in coming years for smooth functioning of Hanimaadhoo Intern’l Airport after redevelopment, inaugurated by HEP @ibusolih & India EAM, @DrSJaishankar on 18 Jan. pic.twitter.com/u36Y1jdgIo
— Ministry of Tourism (@MoTmv) January 20, 2023
ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށީ މިިދިޔަ ބުދަދުވަހުގެރެއެވެ.
މި އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އެ ސަރަހައްދަށް އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައެއް އިތުރުވެގެންދާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ.
އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި 2024 ގައި މިމަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢުކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު