ކޯޓު އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އަލްހާންގެ ފޯނު ހިފަހައްޓާފައި މިވަނީ އޭނާގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއަށް މަނީ ލޯންޑަރ ކުރުމާއި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުތަކެއް ކޮށް ތަހުގީގުތަކެއް ވެސް ކުރިއަށް ދަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއަށް ވަނީ ކުރިން އެނގުމަކާނުލާ ކުއްލި ގޮތަކަށެވެ. ކޯޓުން ދީފައިވާ އަމުރުގައި ބުނެފައިވަނީ، އެ ކުންފުނިން ރާއްޖޭގައި މާލީ ސެކިއުރިޓީޒް ގާނޫނާ ހިލާފަށް، އާންމުކޮށް ހުޅުވާލައިގެން ސްކީމެއް ތައާރަފު ކޮށްފައިވާ ކަމަށާއި އެ ސްކީމުން އިންވެސްޓަރުންނަށް މަންފާ ލިބޭކަން ދައްކަމުން ދާ ކަމަށެވެ.
އެހެންކަމުން، ކިންގްސް ކުންފުނިން ހިންގާ 'ކިންގްސް ފޮރެކްސް' އިންވެސްޓްމަންޓާ ގުޅޭގޮތުން އިންވެސްޓަރުންނާއެކު ކުރި މުއާމަލާތުގެ މައުލޫމާތާ، އިންވެސްޓްމަންޓާ ގުޅުން ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ހެއްކާއި ގަރީނާ ހޯދުމަށް އެ އަމުރު ނެރެދިނީކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އަލްހާންގެ ފޯނު ހިފަހައްޓާފައިވާއިރު އޭނާގެ އާއިލާގައި ހިމެނޭ ބައެއް މެންބަރުންނަށްވެސް އެކަމުގައި ޝާމިލުވިކަމުގެ ތުހުމަތު ފުލުހުން ކުރެއެވެ. ނަމަވެސް، އަލްހާން ބުނަމުން ދަނީ އޭނާ ހިންގާފައިވާނީ ގާނޫނުތައް ހުއްދަ ކުރާ މުއާމަލާތެއް ކަމަށާއި އެކަމުގެ ހުރިހާ ލިޔެކިޔުމެއް ވެސް ހުންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު